ޒަމީރުގެ އިންޑިއާ ދަތުރުފުޅު: ލިބުނީ ޖައި ޝަންކަރުއާއި ބައްދަލުކުރުމުގެ ފުރުސަތު އެކަނި! އިންޑިއާ ސަރުކާރުގެ މަތީފަންތީގެ އެހެން އެއްވެސް އޮފިޝަލަކު ޒަމީރުއާއި ބައްދަލެއް ނުކުރާނެ!

ދިވެހިރާއްޖެއާއި އިންޑިއާދެމެދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް, މި ސަރުކާރުގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރުސަތު ލިބިފައިވަނީ ހަމައެކަނި އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރ ޑރ. ޖައިޝަންކަރުއާއ ބައްދަލުުކުމުގެ ފުރުސަތު އެކަނިކަމަށް “ދިޔަވަރު އޮންލައިން”އަށް ކަށަވަރު ކުރެވިއްޖެއެވެ.
“ދިޔަވަރު އޮންލައިން”އަށް ކަށަވަރު ވެފައިވާ ގޮތުގައި މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހެން ބައެއް އިސް އޮފިޝަލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ހޯދުމަށްވެސް ފޮރިން މިނިސްޓްރީން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ފިޔަވާ އެހެން އެއްވެސް އޮފިޝަލަކާ ބައްދަލުކުރުމުގެ ފުރުސަތު އިންޑިއާ ސަރުކާރު ދީފައެއް ނުވެއެވެ.
އަދި މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގަތުމުން އެގައުމުން އޭނާއަށް ރަސްމީ އެއްވެސް މަރުހަބާއެއްވެސް ކިޔާފައެއް ނުވެއެވެ. އެގޮތުން މޫސާ ޒަމީރު ރިސީވް ކުރުމަށް އެއަރޕޯޓުން އޭނާއާއި ބައްދަލު ކުރައްވާފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސީނިއަރ އޮފިޝަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ