2023 ވަނަ އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ދަގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ ދޫކޮށް ޖުމްހޫރީ ޕާޓީއާ މިރޭ އަލަށް ގުޅިވަޑައިގެންނެވި ފަރާތްތައް ސޮއިކުރުމަށް ކުނޫޒްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިލްހާމް ވިދާޅުވީ ޖުމުހޫރީ ޕާޓީ އަކީ މީހުން ވެރިކަމަށް ގެނެސްދޭ ޕާޓީ އެއްގެ ގޮތުގައި ބެލި ބެލުން މާޒީވެ ހިއްގައްޖެ ކަމަށެވެ.
"މިރެއަކީ ޖުމުހޫރީ ޕާޓީގެ ހަޔާތުގައި ވެސް ވަރަށް އިސް ބޭފުޅުންތަކެއް އެއްފަރަހާ ގުޅުނުރެއަަކަށް މި ރޭ ވާނެ, މިރޭ ޕާޓީ އަށް ގުޅިވަޑައިގެންނެއްވި ހުރިހާ ބޭފުޅުނަށް ޝުކުރު ދަންނަވަން" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ކުރީގެ ރައީސް ޔާމީނުގެ ދައުރުގައި ވެސް އަދި މި ސަރުކާރުގައި ވެސް މަޖިލީހުގެ ރައީސް ކަން ދޭން ވައުދުވީ ޖުމުހޫރީ ޕާޓީއަށް ކަމަށެވެ.
"މިކަން ކަން ހަދާން ކޮށް ދޭން އެބަޖެހޭ މިއީ އެއްގޮތަކަށް ވެސް ހޭން ޖެހޭ ވަރުގެ ކަންކަމެއް ނޫން, ސިޔާސީ މަސައްކަތް އަޅުގަނޑުމެން އަދި ހުއްޓައެއް ނުލަން އަދިވެސް ވާހަކަ ދެއްކޭނެ" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ 2023 ގައި ރާއްޖޭގައި ވެރިކަން ކުރާނީ ގާސިމް އިބްރާހިމް ކަމަށެވެ. އަދި އެމައްސަކަތް ބާރަށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
2023 ގައި ރާއްޖޭގައި ވެރިކަން ކުރާނީ ގާސިމް - އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ