ގައުމީ ސަލާމަތާއި ހާރިޖީ އާއި ބެހޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މަވޯޓާ ޝަރީފް އާއި ދެމެދު ހޫނު ޒުވާބެއް ހިންގާފައެވެ.
މިއަދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން މަވޯޓާ ވަނީ ގާސިމަށް ފުރުސަތު ނާރުވާނެ ކަމަށް ވިދާޅުވެފައެވެ. މަވޯޓާ ޝަރީފް މިހެން ވިދާޅުވުމުން ގާސިމް ވަނީ "ކަލޭ ފުރުސަތު ނޭރުވިޔަސް އަހަރެން ވާހަކަ ދައްކާނަމޭ" މިހެން ވިދާޅުވެފައެވެ. މި ކޮމެޓީ ހުއްޓާލަންވީ ކަމަށް މަވޯޓާ ވިދާޅުވުމުން ގާސިމް ވަނީ މަވޯޓާ އަށް މުހާތަބު ކުރައްވައި "ކަލޭ ހުއްޓާލަން ބުންޏަސް އަހަރަމެން ވާހަކަ ދައްކާނަން" މިހެން ވިދާޅުވެފައެވެ.
މަވޯޓާ ވަނީ ގާސިމް ކޮމެޓީ ދޫކޮށް ދިއުމަށް ވެސް އެދިފައެވެ. ނަމަވެސް ގާސިމް ރައްދުގައި ވިދާޅުވީ "ކަލޭ ބުންޏަސް ނުދާނަން ސިފައިން ގެނޭ ނެރެން" މިހެން ވިދާޅުވެފައެވެ. ގާސިމް އިތުރަށް ވަނީ މިއީ "ކަލޭގެ އަމިއްލަ ތަރިކައެއް ނޫން ކަމަށް" މަވޯޓާއަށް ނިސްބަތް ކޮށް ވިދާޅުވެފައެވެ.
ޝަރީފް އާއި ގާސިމް އާއި ދެމެދު ހޫނު ޒުވާބެއް ހިންގާފައިވަނީ ޝަރީފް އިއްޔެ ވަނީ 1988 ވަނަ އަހަރު ދިވެހިރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ އަބްދުﷲ ލުތުފީ ދިފާޢުގައި ވަރަށް ގިނަ ވާހަކަދައްކަވާފައި ވަނިކޮށެވެ. ޝަރީފް ވަނީ އަބްދުﷲ ލުތުފީ އަށް މަޢާފްދީ އޭނާ މިނިވަން ކުރަން ގޮވާލާފައެވެ.
އިއްޔެ ޝަރީފް ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާ އަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.
ގާސިމް މަވޯޓާއަށް - މިއީ ކަލޭގެ އަމިއްލަ ތަރިކައެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ