މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ފުރިހަމަ ވަސީލަތްތަކާ އެކު، ރަށެއް މާލެއާ ކައިރިން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާ އީވާ އަބްދުﷲ ގެ ކެމްޕޭން ލޯންޗްކުރުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާލޭގެ ރައްޔިތުން ދަތުރު ދާނެ ރަށެއް މާލެއާ ކައިރިން ހަމަޖައްސަވައިދެއްވުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.
ރައީސް ސޯލިހު ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މާލެއަށް ދިމާވެފައި ތޮއްޖެހުމުގެ މައްސަލަ އާއި ދިރިއުޅެން އެކަށީގެންވާ ވެއްޓެއް ނެތުމުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީއްސުރެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ބައެއް ކަަހަލަ ކަންކަން މިހާރު ވެސް ހައްލު ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި، މާލޭގައި ބަންދުކޮށްފައިވާ ބައެއް މަގުތައް އަލުން ހުޅުވާލައި މާލެއަކީ ހަމަނޭވާ ލެވޭ ތަނަކަށް ހެދުމަށް ކުރައްވާ މަސައްކަތް ފާހަގަ ކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ، މާލޭގެ އުތުރުފަރާތުގެ ބޮޑު ސަރަހައްދެއްގައި އޮތް ޕޯޓް ސަރަހައްދު ވެސް، ތިލަފުށި ނުވަތަ ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ފެށިގެން ދާނެ ކަމަށާއި އޭރުން ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު އޮތް ހާސް ކަމަށް އިތުރު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަން އިއުލާނުކުރައްވައިފަ އެވެ.
މާލޭގެ ރައްޔިތުން ދަތުރުދާނެ ރަށެއް މާލެއާ ކައިރިން ވަރަށް އަވަހަށް ހަމަޖެހޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ