"ފްލައި މީ" ގެ ބޮޑު ބޯޓް މިއަދު ހަވީރު ގަމަށް

ފްލައި މީން އަލަށް ގެނައި 66 ގޮނޑީގެ ބޮޑު ބޯޓްގެ ފުރަތަމަ ކޮމާޝަލް ދަތުރު މިއަދު ހަވީރު ގަމަށް ބާއްވާ ގޮތަށް ހަމަޖަހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ވިލާ އެއާގެ އޮފިޝަލަކު ވިދާޅުވީ "ޗެރިޓީ އިވެންޓް: ދަ ޗޯޒެން ވަން"ގެ ފުރަތަމަ ދަތުރުގައި މާލޭން ގަމަށް ފުރާނީ ހަވީރު 4:00 ގައި ކަމަށެވެ. ގަމަށް ޖައްސާނީ 5:20 ގަ އެވެ. އަދި ގަމުން މާލެ އަށް ފުރާނީ މިރޭ 7:00 ގަ އެވެ. މާލެ ޖައްސާނީ 8:20 ގަ އެވެ.
މި ދަތުރުގައި ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވެސް ބައިވެރިވެ ވަޑައިގަންްނަވާނެ އެވެ.
ވިލާ އެއާއިން ބުނީ މާލެއިން ގަމަށް ބާއްވާ ދަތުރުގެ ޓިކެޓް އަގަކީ 888ރ. ކަމަށެވެ. އަދި މިހާރު ވެސް ޓިކެޓް ވިއްކަމުން އަންނަ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ގަމުގެ އިތުރުން ބޮޑު ބޯޓްގެ ހާއްސަ ޑޮނޭޝަން ދަތުރެއް މާދަމާ ގއ. މާމިގިއްޔަށް ވެސް އޮންނާނެ އެވެ. އެ ދަތުރުގެ ޓިކެޓްގެ އަގކީ 525ރ. އެވެ.
މި ދެ ދަތުރުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ޖަމާލުއްދީނާއި އިމާދުއްދީން ސްކޫލްގައި ކިޔަވާ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ހަދިޔާ ކުރުމަށް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ