ވިލިނގިލިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުވެއްޖެ: ކައުންސިލް

ގއ. ވިލިނގިލިން ކަރަންޓް ކެނޑުމުގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. ވިލިނގިލި ކައުންސިލުގެ ރައީސް ނިޔާޒު ނިޒާރު މިއަދު "ސަން" އަށް ވިދާޅުވީ ވިލިނގިލިން ކަރަންޓު ކެނޑުން ހައްލުވިތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. "މިދިޔަ މަހުގެ ފަހުކޮޅު އިރާދަކުރެއްވިއްޔާ އެކަން ހައްލުވެއްޖެ،" ނިޔާޒު ވިދާޅުވި އެވެ. ދޭތެރެ ދޭތެރެއިން ވިލިނގިލިން ކަރަންޓް ކެނޑެމުންދާތީ އެރަށު ރައްޔިތުން ނުކުމެ ވަނީ އެކަމަށް ރަށު ތެރޭގައި އިހުތިޖާޖު ކޮށްފަ އެވެ. ވިލިނގިލިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައި ވަނީ އިންޖީނުގޭގައި ބޭނުންކުރާ ޖަނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެރަށު ކައުންސިލުން ވަނީ މީގެކުރިން ބުނެފަ އެވެ. ވިލިނގިލި ކަރަންޓު މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕީކް ގަޑިތަކުގައި ވިލިނގިލީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދިޔައީ އެރަށު އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ ތިން ޖަނެރޭޓަރުގެ ތެރެއިން 800 ކިލޯވޯޓުގެ ޖަނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ