މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް ފްލައިން ސްކޫލް ފެށުމަށް ކަމަށް އައިލެންޑު އޭވިއޭޝަނުން މިއަދު ބުނެފި އެވެ.
އައްޑޫ ފްލައިން ސްކޫލުގެ ހާލަތު ބޮއްސުންލައި ދަރިވަރުން ގޮސް ހުސްވެފައިވާ މި ދަނޑިވަޅުގައި ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުނިން ވަނީ ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއްޔެ އިއުލާނުކޮށްފަ އެވެ.
އޭގައި ވަނީ މާލީ ގޮތުން ގާބިލު އަދި ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ހުރި ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ދީފަ އެވެ.
Addu gai flying school hingan AAA ah dhen furusatheh neiy
The most trusted news source in the Maldives
Mihaaru
މޯލްޑިވިއަންގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ކަނޑައެޅުމަށްފަހު ވީހާ ވެސް އަވަހަކަށް އެ ތަނުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެހެންވެ، ފްލައިން ސްކޫލު ހިންގާނެ އެއާޕޯޓެއް އަދި ނޭނގެ އެވެ. ވިދާޅުވީ އެކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
"ފްލައިން ސްކޫލު ފެށޭނެ ވަކި މުއްދަތެއް އަދި ނޭނގޭ. އެކަމަކު މި މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް ކިޔަވައިދޭން ފެށުމަށް،" މޫސަ ވިދާޅުވި އެވެ.
Flying School eh hingaane faraiythah Island aviation in hoadhanee
The most trusted news source in the Maldives
Mihaaru
އިއުލާނުގައި ވާ ގޮތުން ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަ ކޮށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުން، މިނިވަންކަމާއެކުގަ އެވެ.
އާ ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާނުކުރިއިރު، ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި ފްލައިން ސްކޫލު، އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)ގެ ކޮންޓްރެކްޓް އަންނަ މަހު ހަމަވާނެ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުނުކުރަން ނިންމައިފަ އެވެ. އެހެންވެ، އަންނަ މަހަށްފަހު އޭއޭއޭގެ ހިންގުން ހުއްޓުމަކަށް އަންނާނެ އެވެ.
މަސައްކަތްކުރަނީ ވީހާ ވެސް އަވަހަކަށް ފްލައިން ސްކޫލް ފެށުމަށް: އައިލެންޑު އޭވިއޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ