ގާޒީ މުހައްމަދު ސަމީރު ޑްރަގްކޯޓަށް ބަދަލުކުރަން ނިންމައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، މުހައްމަދު ސަމީރު ޑްރަގްކޯޓަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ ސަމީރު ޑްރަގްކޯޓަށް ބަދަލުކުރަން ނިންމީ، ގާޒީ ސަމީރު އެ ކޯޓަށް ބަަލުވުމަށް އެދިވަޑައިގަތުމުންނެވެ. ގާޒީ ސަމީރު ޑްރަގްކޯޓަށް ބަދަލުކުރަން ނިންމީ، ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. ގާޒީ ސަމީރު ޑްރަގްކޯޓަށް ބަދަލުކުރަން ނިންމީ މި މަހުގެ ހަވަނަ ދުވަހު ބޭއްވި، ޖޭއެސްސީގެ 45 ވަނަ ބައްދަލުވުމުގަ އެވެ. ގާޒީ ސަމީރު ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އޭގެ ކުރިން ހުންނެވީ ފެމެލީ ކޯޓުގެ ގާޒީ ކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ