ނަލަހިޔާ ތިޖޫރި ފަޅާލި މައްސަލަ: ފަސް މީހަކަށް ދައުވާކޮށްފި

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ފަސް މީހުން ބައިވެރިވެގެން ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަށް ގެއްލުންދީ، އޭގައި ހުރި 3,992,000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ އަތުން ވަގަށްނެގި ފައިސާ އަނބުރާ ހޯދައި، ބަދަލުލިބޭ ފަރާތަށް އެ ފައިސާ ނަގައިދިނުމަށްވެސް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. މި މައްސަލައަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގި އެންމެ ބޮޑު ވައްކަމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ