ދިވެހިރާއްޖެއަށް މިވަގުތު ދެވޭ އެންމެ ބޮޑު ގެއްލުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މުހައްމަދު މުއިއްޒު ބެހެއްޓުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޖަމީލު ވަނީ ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ސަރުކާރަށް އިގުތިސޯދު ހަމަ މަގަށް އެޅުވިފައި ނުވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.
MU STORE
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
"ސަރުކާރު ނިމިއްޖެ. ކިތައްމެ ބަހަނާއެއް ދެއްކިޔަސް މިސަރުކާރަކަށް އިގްތިސާދު ހަމަޔަކަށް ނޭޅޭނެ. މިއަދު ޑޮލަރު އެހުރީ 20:80 ގައި. އަނެއްކޮޅުން ޑޮލަރެއް ލިބެން ނެތް. ސަރުކާރު ކުންފުނިތައް ބަނގުރޫޓްވެއްޖެ،" ޖަމީލު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގެ ކުރީގެ ކޮޅު ޑޮލަރެއް ލިބުނީ 20.50 ރުފިޔާއަށެވެ. އަގު އުފުލުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިއަދު ޑޮލަރެއް ގަންނަން ލިބެނީ 21ރ. އަށެވެ.
"މުއިއްޒު ވެރިކަމުގައި ހުރުމަކީ ގައުމަށް މިވަގުތު ދެވޭނެ އެންމެ ބޮޑުގެއްލުން! މުއިއްޒަކަށް ތިކަމެއް ނުވިނޫންތޯ؟ މާބޮޑަށް ލަސްނުވަނީސް ގެއަށް ވަޑައިގަންނަވާ،" ޖަމީލު ވިދާޅުވި އެވެ.
މުއިއްޒުގެ ވެރިކަމުގައި ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓި، ޑޮލަރުގެ ތާށިކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔައީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އަދަދު މަދުވުމާއި ޑޮލަރު ހަރަދު ކުރާ މިންވަރު ދަށްނުވުމާއި ރިކޯޑު އަދަދަކަށް ބޭރުގެ ދަރަނި ދައްކަންޖެހުނު ދަނޑިވަޅެއްގަ އެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ.
ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދެކެވެ. ނަމަވެސް މިފަހުން ސައީދު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރާ ހެދި ކަމަށެވެ.
"ގާނޫނު ސަސްޕެންޑުކުރީ ވެސް މިދިޔަ ސަރުކާރުން. ގާނޫނު ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރަމުން ދިޔައީ. އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެކަން އެ ވާހަކަ ދެއްކިން. ރައީސް ނަޝީދުގެ ސަރުކާރުގެ 10ރ. އާއި 15ރ. ގެ ދޭތެރޭގެ ބޭންޑެއް އެޅި ވާހަކަ ދެއްކި. އޭގެ ސަބަބުން ރައްޔިތުންނަށް ސަލާމަތް ނުވެވިގެން މި އުޅެނީ،" މިދިޔަ ހޯމަ ދުވަހު ސައީދު ވިދާޅުވި އެވެ.
މުއިއްޒު ވެރިކަމުގައި ހުރުމަކީ ގައުމަށް މިވަގުތު ދެވޭ އެންމެ ބޮޑު ގެއްލުން: ޖަމީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ