ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގޮވާލައްވައިފި

ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގޮވާލައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އަހްމަދު ޝަރީފް އެގޮތަށް ގޮވާލެއްވީ، ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއް ކަމަށްވާ ރައްޔިތުން އަޑު ޕްރޮގްރާމްގެ ސްކްރީން ޝޮޓެއް ޓެގް ކުރައްވާފައި ވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށި ކޮޅުގައި ހުޅު ޖަހަން ގޮވާލައި މީހަކު ވާހަކަ ދެއްކި ވީޑިއޯއަކަށް ރިޓުއިޓް ކުރައްވައި ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްވެސް ގޮތަކަށް ހިތްވަރު ނުދިނުމަށް ގޮވާލައްވާ ކަމަށެވެ.
މިކަމާ ގުޅިގެން ޗެނަލް 13 އިން ނެރުނު ބަޔާނުގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބެހޭ ގޮތުން އެމީހާ ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އެމީހާ އެހެން ބުނުމާއެކު ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށް އެ ޓީވީ ޗެނަލުން ބުނެފައިވެއެވެ. އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް ޗެނަލް 13 އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށި ކޮޅުގައި ހުޅު ޖަހަން ގޮވާލައި މީހަކު ވާހަކަ ދެއްކި މައްސަލަ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރީ ރައީސް ޔާމީން ގެ ސަރުކާރުގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ