ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މާދަމާ ރޭ އޮންނާނެ ކަމަށް އެޕާޓީން ބުނެފި އެވެ.
ޕީޕީއެމްއިން ބުނީ މާދަމާ ރޭ 9 ޖަހާއިރު މި ހާއްސަ ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ.
މި ޖަލްސާގައި ޕީޕީއެމްގެ މެންބަރުންނާއި ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ ފަރާތްތަކުން ބައިވެރިވުމަށް ޕީޕީއެމްއިން ގޮވާލާފައިވެ އެވެ.
މިއީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބުކުރެއްވި ފަހުން އެޕާޓީން ބާއްވާ ފުރަތަމަ ޖަލްސާ އެވެ.
ޕީޕީއެމްގެ ޖަލްސާއެއް މާދަމާ ރޭ ބާއްވާއިރު އުމަރު ޓީމުގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ކާނިވަލުގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ