މޯލްޑިވިއަން އައިޑޮލް ބާއްވަނީ ރައްޔިތުން އެންޓަޓެއިން ކޮށްދޭން ޤާނޫނު ލާޒިލް ކޮށްފައި ވާތީ ކަމަށް ޕީއެސްއެމް އިން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ގްރޭންޑް ފިނާލޭ ގައި ވާހަކަދައްކަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވީ "މިޝޯއަކީ ރައްޔިތުން އެންޓަޓެއިން ކުރަން ޤާނޫނު ލާޒިމް ކޮށްފައި ވާތީ އެންޓަޓެއިންކޮށް ދިނުމަށް ކުރާ ކަމެއްގެ ނިމުން" ކަމަށެވެ.
ހަލީލް މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވިއަން އައިޑޮލް ބާއްވާތީ އެކަމާއި ދެކޮޅަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ޕީއެސްއެމްގެ ފަރާތުން އޮލިސްޕަސް ގައި 800 ކުދިން ބައިވެރިވާ މަދަހަ މުބާރާތެއް ކުރިއަށްދާ ކަމަށާއި އަދި އެތައް ހާސް ކުދިންނެއް ބައިވެރިވާ ޤުރުއާން މުބާރާތެއް އަތޮޅުތެރޭގައި ކުރިއަށްދާ ކަމަށެވެ.
''ޕީއެސްއެމްގެ ގާނޫނީ ޒިންމާ ތަކަކީ، ކަންކަން ހިނގީމާ ރައްޔިތުންނަށް އަންގައިދޭށޭ، ރައްޔިތުން ހޭލުންތެރި ކުރާށޭ، އަދި ތިން ވަނަ ކަމަކީ ރައްޔިތުން އުފާކޮށްދީ މުނިފޫހި ފިލުވައި ދިނުން.'' ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ޕީއެސްއެމްގެ ފަރާތުން ބޮޑެތި ޝޯތައް ބޭއްވޭ ވަރުގެ ހޯލެއް ވަރަށް އަވަހަށް ހަދައިދޭނެ ކަމަށާއި އެތަނަކަށް ހަތަރު ހާހެއްހައި މީހުންނަށް އެއްފަހަރާ ވަދެވޭނެ ކަމަށެވެ.
މޯލްޑިވިއަން އައިޑޮލްގެ ފައިނަލަށް ދިޔަ ތިން ބައިވެރިންނަށް ލިބޭ އިނާމުތަކުގެ އަގު ފަސް މިލިއަން ރުފިޔާ އަށް އަރާނެކަން ޕީއެސްއެމް އިން މިއަދު ހާމަކުރަމުން ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެފަރާތްތަކުން ބުނަމުން ދަނީ ޤުރުއާން މުބާރާތަކަށް އެވަރުގެ އިނާމެއް ނުދެވޭކަމަށެވެ.
މޯލްޑިވިއަން އައިޑޮލް ބާއްވަނީ ރައްޔިތުން އެންޓަޓެއިން ކޮށްދޭން ޤާނޫނު ލާޒިމް ކޮށްފައި ވާތީ – ޕީއެސްއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ