ސުލްހަވެރި ކަމާއިއެކު އެއްވެ އުޅުން ހަނިކުރަނީ ޤާނޫނެއްގެ ދަށުން ކަމަށާއި އެޤާާނޫނަށް އެމްޑީޕީ އިން ވެސް ވޯޓް ދީފައިވާ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) 6 އަދި އެޤާނޫނުގެ 34 ވަނަ މާއްދާ ފާހަގަކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަމްބަރުގައި ބުނެފައި އޮންނަނީ އެހެން ފަރުދުންނަށް ލިބދޭ ޙައްޤުތަކާއި މިނިވަން ޙިމަޔާތް ކުރުމަށް ޤާނޫނުގައި ބަޔާންވެގެންވާ ހަމައަކުން ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި ބޭނުންތެރިވާނެ ނިސްބަތުން އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ހަނިކުރެވިދާނެކަމަށެވެ.
ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި ވަނީ އެއްވެ އުޅުމުގެ ޙައްޤު ހަނިކުރެވިދާނެ އުސޫލުތަކެއް ކަނޑައަޅާފައެވެ.
ހޯމް މިނިސްޓަރ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އިން މުޒާހަރާ ކުރިއިރު ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނެއް ނެތް ކަމަށެވެ.
ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2012 ވަނަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހުއެވެ. އެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ 2013 ޖަނަވަރީ 10 ވަނަ ދުވަހުއެވެ.
އެއްވެއުޅުން ހަނިކުރަނީ އެމްޑީޕީ އިން ވެސް ވޯޓް ދީގެން ފާސްކޮށްފައިވާ ޤާނޫނަކުން – މިނިސްޓަރ އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ