ކޮންމެ ފަދަ އަދަބެއް ލިބުނަސް ރައްޔިތުން އަމިއްޔަ ހިޔާލު ފާޅުކުރާނެ: އަނާރާ

މިއީ މީގެ 30 އަހަރު ނޫން ކަމަށައި ކޮންމެ ފަދަ އަދަބެއް ލިބުނު ކަމުގައި ވިނަމަވެސް އަދުގެ ދިވެހީން އަމިއްލަ ހިޔާލު ފާޅު ކުރާނެ ކަމަށް އަދާލަތު ޕާޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
ރޭ އަދާލަތު ޕާޓިން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަނާރާ ނައީމް ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވަނީ ހަމައެކަނި ވޯޓު ލުމުގެ ހައްގު އެކަނި ނޫން ކަމަށެވެ.'
"މިއީ މީގެ 30 އަހަރު ކުރިއެއް ނޫން. ހިޔާލު ފާޅު ނުކޮށެއް ނުތިބޭނެ. ކޮންމެ އަދަބެއް ދިނަސް އެމީހެއްގެ ހިޔާލު އެމީހުން ފާޅުކުރާނެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުން ބޭނުން ކުރާނެ. ހަމައެކަނި ވޯޓު ލިބުމުގެ ހައްގެއް ނޫން އަޅުގަނޑުމެންނަށް ލިބިފައި އޮތީކީއެއް،" އަނާރާ ވިދާޅުވިއެވެ.
އަނާރާ ވިދާޅުވީ ކަމެއް ގޯސްކޮށް ދާނަމަ ރައްޔިތުން އެކަމާ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ. އަދި އެއީ އެމީހުންނަށް ލިބިގެންވާ ހައްގެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންގެ މިނިވަން ކަމާއި އަދުލު އިންސާފަށް ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަހެން ހީވާ ކަމަށް އޭނާ ވަނީ ވިދާލުވެފައެވެ.
އޭގެތެރޭގައި ވެސް ވެރިކަމުގެ ދާއިރާއިން އަދުލު އިންސާފަށް ނުފޫޒު ފޯރުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށް އަނާރާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ