އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، ގައުމީ ދުވަހުގެ ޖަލްސާ ބޮއިކޮޓް ކުރައްވައިފިއެވެ.
ބައެއް މީޑިއާތަކުގައި ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރާ ހަވާލާދެއްވައި ބުނެފައި ވަނީ، ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއަށް އެމަނިކުފާނަށް ދައުވަތު ލިބިވަޑައިގަތް ކަމަށެވެ.
ނަމަވެސް އެ ޖަލްސާ އަށް ވަޑައިނުގެންނެވީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެމްޑީއެން ޖަމިއްޔާއިން ނެރުނު ރިޕޯޓްގެ މައްސަލައިގައި މި ސަރުކާރުން އަމަލުކުރަމުންދާ ގޮތައި މެދު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމްޑީއެންގެ މައްސަލައިގައި ދައުލަތުގެ އިއްޒަތްތެރި އަކު އަދި ކުރީގެ މިނިސްޓަރ އުމަރު ޒާހިރު ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ޖަލްސާ ބޮއިކޮޓް ކުރެއްވި ކަމަކީ، އެ ރިޕޯޓްގައި ހުރި ކަންކަމަކީ ދިވެހިން ބަލައިގަންނާނެ ކަންކަން ނޫންކަން ބައެއް މީހުން ވަނީ ބުނެފައެވެ.
އެމްޑީއެން ރިޕޯޓާއި ގުޅިގެން ޤައުމީ ދުވަހުގެ ޖަލްސާ އުމަރު ޒާހިރު ބޮއިކޮޓް ކުރެއްވި އިރު، އެ ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ހޯމް މިނިސްޓްރީން ހުށަހަޅައިގެން ފުލުހުން ބަލަމުންދާއިރު، އެ ޖަމިއްޔާގެ ދެ މެންބަރުން ކަމަށްވާ ޝަހިންދާ އިސްމާއިލް އާއި އަޒުރާ ނަސީމް އަށް ވަނީ ތަހުގީގަށް ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރިވުމަށް ޗިޓް ފޮނުވާފައެެވެ.
އެމްޑީއެން އިން ނެރުނު އެ ރިޕޯޓް ކުއްވެރިކޮށް 100 އަށް ވުރެ ގިނަ ކައުންސިލުން ބަޔާން ނެރެފައިވާއިރު، ރާއްޖޭގެ ދީނީ ޢިލްމުވެރިންވެސް ދަނީ އެ މައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ގައުމީ ޖަލްސާ ބޮއިކޮޓް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ