ވައިކަރަދޫ ދާއިރާގެ މެމްބަރު ނާޒިމް ފުރަތަމަ ދަޢުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވަޑައިގެންނެވިއެވެ. މި ދަޢުރުގައި ބޭއްވި 23 ޖަލްސާއަށްވެސް ނާޒިމް ވަޑައިގެންނެވިއެވެ.
ހދ. އަތޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާތަކުން ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ 3 މެންބަރުންނެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަޙުދީ 22 ޖަލްސާއަށް ވަޑައިގެންނެވިއިރު 1 ޖަލްސާގައި ހުންނެވީ ޗުއްޓީގައެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ 20 ޖަލްސާއަށް ވަޑައިގެންނެވިއިރު 3 ޖަލްސާގައި ހުންނެވީ ޗުއްޓީގައެވެ. ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު 18 ޖަލްސާއަށް ވަޑައިގެންނެވިއިރު ވަކި އެއްޗެއް ނާންގާ 5 ޖަލްސާއަށް ވަޑައިނުގަންނަވައެވެ.
ހާޒިރީ ރިޕޯޓު ދައްކާގޮތުން މި ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ 38 މެމްބަރުންނެވެ. އެ 38 މެމްބަރުންނަކީ ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު، އުގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު އަދި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު، ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، މާފަންނު ދެކުނުދާއިރާގެ މެންބަރު އަބުދުﷲ ރިފާޢު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީހު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް އެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު އެންމެ މަދުން މަޖިލީހަށް ވަޑައިގަތީ ސަރުކާރު ކޯލިޝަންގެ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު (ސަންޓްރެވަލް ޝިޔާމް) އެވެ.
ފުރަތަމަ ދައުރުގެ ޖަލްސާތަކަށް މެންބަރުން ވަޑައިގެންނެވި ނިސްބަތް އާންމުކޮށް މަޖިލީހުން ނެރުނު ހާޒިރީ ރިޕޯޓު ދައްކާގޮތުން، މިދައުރުގައި ބޭއްވި 23 ޖަލްސާގެ ތެރެއިން ސިޔާމް ހާޒިރުވެވަޑައިގެންނެވީ އެންމެ 4 ޖަލްސާ އަށެވެ. އަދި 19 ދުވަހު ސިޔާމް ވަނީ މަޖިލީހުގެ ޖަލްސާއަށް ސަލާމް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ