ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ނިންމުންތަކަށް އެލްޖީއޭއިން ހުރަސްއަޅާތީ އެމްޑީޕީގެ ކަންބޮޑުވުން

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ގާނޫނީ ނިންމުންތަކަށް އެލްޖީއޭއިން ހުރަސްއަޅައި، ލާމަރުކަޒީ ގާނޫނާ ހިލާފަށް ބާރުތައް ނިގުޅައިގަންނަމުންދާ ދިއުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ކުށްވެރިކޮށްފި އެވެ. 
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޓީ ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ ގާނޫނީ ޝަހްސިއްޔަތާއި، އަމިއްލަ އިހްތިސާސްގެ ތެރެއިން ނިންމާ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން ނުފޫޒު ފޯރުވައި، އެ ނިންމުންތައް ބާތިލުކުރުމަށް މަޖުބޫރު ކުރުވަމުންދާ ދިއުން ކުށްވެރިކުރާ ކަމަށެވެ. 
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MGH Group of Companies
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު:(2010/7) ގެ 38ވަނަމާއްދާ އާއި 39ވަނަމާއްދާ އަށް ރިޢާޔަތްކުރާއިރު ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކުރި ނިންމުމެއް، ސަރުކާރުން އެލް.ޖީ.އޭ ގެ މައްޗަށް ނުފޫޒު ހިންގާ، ސަރުކާރުން ބޭނުންވާ ގޮތަކަށް ކައުންސިލްތަކުގެ ނިންމުންތައް ބަދަލުކުރަން އެންގުމަކީ ގާނޫނުގެ ބާރު ކަނޑުވާލުން،" އެ ޕާޓީން ބުންޏެވެ. 
އެމްޑީޕީން މިހެން ބުނީ ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ހަދަން އުޅޭ ބޯޑު ހެދުމުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން އެންގުމާ ގުޅިގެންނެވެ. އަތޮޅުގެ ރަށްތަކުން ގުޅިގެން އެކުގައި ތަރައްގީއަށް މަސައްކަތް ކުރުމުގެ ނިޔަތުގައި ބޯޑެއް ހަދަން ނިންމީ ކުޅުދުއްފުށި ސިޓީ ކައުންސިލުންނެވެ. 
އެމްޑީޕީން ބުނީ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ މަންދޫބުން ނިންމާ ނިންމުންތައް، ސަރުކާރުގެ ނުފޫޒުން ފޮނުވާ ސިޓީތަކުން މި ނިންމުންތައް ގަދަކަމުން ބާތިލުކުރުވަން އުޅުމަކީ، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ނިންމުމަށާއި، ޖުމްލަކޮށް މުޅި ހދ. އަތޮޅު ރައްޔިތުންގެ ގޮވާލުންތަކަށާއި ޝުއޫރުތަކަށް ސަރުކާރުން ބެލުމެއް ނެތްކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެއް ކަމަށެވެ. 
ކުޅުދުއްފުށި ސިޓީ ކައުންސިލުން ޖުލައި 2، ގައި ނިންމާފައިވާ ގާނޫނީ ނިންމުމަށް އިހުތިރާމުކޮށް، އެ ނިންމުން ބަދަލުކުރުމަށް ފޮނުވާފައިވާ އައިރުގާނޫނީ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށާއި، ލާމަރުކަޒީ ގާނޫނުގެ 58 ވަނަ މާއްދާއިން އެލްޖީއޭ އަށް ލިބިދީފައިވާ ބާރު ބޭނުންކުރަންވާނީ ގާނޫނު އަސާސީއާއި ގާނޫނުގެ ތަރަހައިގެ ތެރެއިންކަމަށްވީ ހިނދު ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލަން އެމްޑީޕީން ގޮވާލި އެވެ. 
މީގެއިތުރުން ސިޓީތަކާއި ރަށްރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ މަންފާއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައި އެމްޑީޕީން ބުނީ ލާމަރުކަޒީ ނިޒާމެއް އެންމެ ފުރިހަމައަށް ހިންގޭނީ މުޅި އަތޮޅުގެ ރަށްތައް އެއްކޮށްލައިގެން، ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިންގޭ ބާރުގަދަ އަތޮޅު ކައުންސިލެއް އޮވެގެން ކަމަށެވެ. 
ޒަމާނުއްސުރެ ރާއްޖޭގެ އިދާރީ ހިންގުން ބަހާލާފައި އޮތީ އިދާރީ އަތޮޅު ތަކެއްގެ މައްޗަށް ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން އެމްޑީޕީން ބުނީ އެއިން ކޮންމެ އަތޮޅަކީ ވަކި އިދާރީ، އިގްތިސާދީ، އިޖްތިމާއީ އަދި ސަގާފީ ޔުނިޓެއްކަމުން އަތޮޅު ކައުންސިލްގެ ދިފާއުގައި ކުޅުދުއްފުއްށީ ސިޓީ ކައުންސިލްގެ އިސްނެގުމަށް މަރުހަބާ ކިޔާ ކަމަށެވެ.
ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އަތޮޅު ކައުންސިލްތައް އަލުން އިޔާދަކޮށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގުމަށް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅާ ގާނޫނުތަކަށް ގެނަސްފައިވާ އެންމެހާ ބަދަލުތައް އިހު އޮތްގޮތަށް އިޔާދަކުރާނެ ކަމުގެ ޔަގީން ކަން އެ ޕާޓީން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ