ވަޒީފާއާއި ބެހޭ ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން ޒުވާނުން މާޔޫސްވާނެ

އާދަމް ޝަރީފް ފޭސްބޫކުގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވަޒީފާއާއި ބެހޭ ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން ޒުވާނުން މާޔޫސްވާނެ ކަމަށާއި، ވަޒީފާ ޢަދާކުރުމުގެ ޝައުޤުވެރިކަން ގެއްލޭނެ ކަމަށެވެ. އަދި (ޤާނޫނު) އިސްލާޙް ވާންޖެހޭނީ ހެޔޮ ބަދަލަކަށް ކަމުގައި ވިދާޅުވެ، އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ، ގިނަ ޤައުމުތަކުގައި ވަޒީފާގެ ޕްރޮބޭޝަނަށް ދެނީ 3 މަސް ކަމަށާއި، ރާއްޖޭގައިވެސް 3 މަހުގެ ޕްރޮބޭޝަނެއް ދިނުމަށް އެމަނިކުފާނު ތާޢީދު ކުރައްވާކަމަށާއި އެ މުއްދަތުގައި ދާއިމީ މުވައްޒަފުންނާއި އެއްގޮތަށް މުސާރަ އާއި ހުރިހާ އިނާޔަތެއް ލިބެންޖެހޭނެކަމަށެވެ. މީގެ އިތުރުން މެޑިކަލް ސެޓްފިކެޓާއި ނުލާ ވަކި މުއްދަތަކަށް ސަލާމް ބުނެވެން ޖެހޭނެކަމަށާއި ސާރވިސްޗަރޖް ދިނުމުގައިވެސް ޓްރާންސްޕޭރެންޓް ވާންޖެހޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ. ވަޒީފާއާއި ބެހޭ ޤާނޫނަށް ގެންނަ އިސްލާޙްތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީ މުޒާހަރާކުރަންވެސް ބައެއް ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ