ކޮވިޑު-19 އާއި ގުޅިގެން ސިންގަޕޫރުގެ ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވިއިރު، ސްކޫލްތަކުން ހުރިހާ ދަރިވަރުންނަށް ފޭސް ޝީލްޑާއި ހޭންޑް ސެނިޓައިޒަރ ހިލޭ ދީފިއެވެ. މިގޮތުން މި ސާމާނު ސިންގަޕޫރުގެ ސްކޫލް ދަރިވަރުންނަށް ދީފައިވަނީ އެ ޤައުމުގެ ސަރުކާރުގެ ވިޔަފާރި ކުންފުނީ ޓެމަސެކެ ގެ ދަށުން ހިންގަމުން އަންނަ ޓެމަސެކް ފައުންޑޭޝަނަނުންނެވެ. ސްކޫލް ދަރިވަރުންގެ އިތުރުން ސްކޫލްތަކުގެ މުވައްޒަފުންނާއި ޓީޗަރުންނަށްވެސް ވަނީ ފޭސް ޝީލްޑު ދީފައެވެ. މާސްކުގެ ބަދަލުގައި ފޭސް ޝީލްޑު ބޭނުން ކުރަން ސިންގަޕޫރުގެ ސަރުކާރުން ނިންމީ، އެއްފަހަރަށްވުރެ ގިނައިން ފޭސް ޝީލްޑު ބޭނުން ކުރެވޭތީއެވެ. އަދި އަނގަ އާއި ނޭފަތުގެ އިތުރުން މުޅި މޫނު ފޭސް ޝީލްޑުން ފޮރުވޭއިރު، މާސްކަކަށްވުރެ ފޭސް ޝީލްޑުން ފޯރުކޮށްދޭ ރައްކާތެރިކަން ބޮޑު ކަމަށް ބައެއް މާހިރުން ބުނެއެވެ. ސިންގަޕޫރުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސެނިޓައިޒާ އަދި ފޭސް ޝީލްޑަކީ އާ އާންމު ހާލަތައް ދާއިރު ރައްކާތެރި ކަމުގެ ގޮތުން މުހިންމު ތަކެއްޗެއެވެ. ސިންގަޕޫރުން ދަނީ 2 ޖޫން އިން ފެށިގެން ކޮވިޑު-19 އާއި ގުޅިގެން އަޅާފައިވާ އެކި ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ. މުޅި އެކު 650،000 ސްކޫލް ދަރިވަރުންނާއި 42،000 ޓީޗަރުންނަށް ފޭސް ޝީލްޑާއި ސެނިޓައިޒާ ލިބޭނެ ކަމަށް ސިންގަޕޫރުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސިންގަޕޫރުގައި ހުރިހާ ސްކޫލް ދަރިވަރުންނަށް ސަރުކާރުން ފޭސް ޝީލްޑު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ