އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި 27 ސްކޫލަކުން 67 ޓީމް ބައިވެރިވެއްޖެ

މައިލޯ 21 ވަނަ އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މުބާރާތުގައި ރާއްޖޭގެ 27 ސްކޫލަކުން 67 ޓީމް ބައިވެރިވެއްޖެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ މިއަހަރުގެ މުބާރާތް ކުރިޔަށްދާނީ ތިން އުމުފުރުރާގެ އަންހެން ފިރިހެން ވަކިން ކަމަށެވެ. އަދި މުބާރާތުގެ ޢުމުރުފުރާތަކަކީ 13އަހަރުންދަށް ފިރިހެން، 13 އަހަރުންދަށް އަންހެން، 15އަހަރުންދަށް ފިރިހެން، 15އަހަރުންދަށް އަންހެން، 17އަހަރުންދަށް ފިރިހެން އަދި 17 އަހަރުންދަށުގެ އަންހެން އުމުރުފުރާ ކަމަށް ވެސް މުންތަގިމް ވިދާޅުވި އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮންގހައި އިންޓަރނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ދ. އަތޮޅު މަދަރުސާ، އިސްދޫ ސްކޫލް، މާމެންދޫ ސްކޫލް، ދާންދޫ ސްކޫލް، ގެމަނަފުށި ސްކޫލް، އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ގދ. އަތޮޅު މަދަރުސާ، ތިނަދޫ ސްކޫލް، ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، އައްޑޫ ހައި ސްކޫލް، ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، މަރަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ފުވައްމުލަކުގައި މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 އިން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ