ޖޭޕީގެ ލީޑަރު ގާސިމް ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުން ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެނެސްފި އެވެ.
ގާސިމް އިބްރާހީމްގެ ބޮލަށް އެނބުރުން އެރުމާ ގުޅިގެން ކޯޓުގެ ތަޅުންމައްޗަށް ވެއްޓުނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ވަޑައިގެން އިންނަވަނިކޮށެވެ.
އެމަނިކުފާނު ވެއްޓުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭޑީކޭގެ އެމްބިއުލާންސެއްގައި ގާސިމް އައިޖީއެމްއެޗަށް ގެނެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ގާސިމް މިއަދު ކޯޓުގައި އިންނަވަނިކޮށް ވެއްޓިފައި މިވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރާއްޖޭގެ ޑޮކްޓަރުން ތަކުރާރުކޮށް ގާސިމަށް އަންގާފައިވީ ނަމަވެސް އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ވަޑައިގަނެވޭނެ ގޮތް ވެފައި ނުވަނީ ސަރުކާރުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެވެ.
ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ގާސިމަށް ލަފާ ދެއްވާފައިވާ ޑޮކްޓަރުންގެ ތެރޭގައި މެޑިކާ ހޮސްޕިޓަލާއި، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭއާއި، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ