ގާސިމާއި އަބްދުﷲ ރިޔާޒުގެ ބައެއް ވަކީލުން ކޯޓަށް ވަނުން މަނާކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒުގެ ގާނޫނީ ޓީމުގައި ހިމެނޭ ބައެއް ވަކީލުންނަށް މިދެބޭފުޅުންގެ މައްސަލާގައި ކޯޓުގައި ވަކާލާތު ކުުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
ގާސިމާއި އަބްދުﷲ ރިޔާޒުގެ ގާނޫނީ ޓީމުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މިއަދު ކޯޓުގައި ވަކާލާތު ކުރާ ގޮތަށް ރަޖިސްޓްރީކުރީ ގާނޫނީ ވަކީލު ހިސާން ހުސައިނާއި، ވަކީލު އަހުމަދު ޝަފީގާއި، ވަކީލް މަސްތޫރު ހުސްނީގެ އިތުރުން ވަކީލު އަލީ ޒާހިރު އެވެ.
ގާސިމާއި އަބްދުﷲ ރިޔާޒުގެ ޝަރީއަތުގައި މިހަތަރު ބޭފުޅުންގެ ތެރެއިން ވަކާލަތު ނުކުރެވޭނެ ކަމަށް ކޯޓުން އެންގީ ޝަފީގާއި ހިސާނަށެވެ.
މި ދެ ވަކީލުންނަށް ގާސިމާއި އަބްދުﷲ ރިޔާޒުގެ ޝަރީއަތުގައި ވަކާލާތު ނުކުރެވޭނެ ކަަމަށް އެންގީ ކޯޓާ މެދު އާންމުންގެ ހިތުގައި ނުބައި ތަސއްވުރެއް އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ