ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަން ޖެހިއްޖެ ނަމަ، ކަމާބެހޭ ފަރާތްތަކުގެ އެހީ ހޯދުމަށް އަވަސްވެ ގަތުމަށް ހެލްތު މިނިސްޓްރީން ގޮވައިލައިފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ ކަމަށް ބުނެފައެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާއި، ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި މަސައްކަތް ކުރާނެ ކަމަށާއި، އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވެސް ހެލްތު މިނިސްޓްރީގެ ބަޔާނުގައި ނަސޭހަތްތެރިވެފައިވެއެވެ.
މީގެއިތުރުން، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާ ކުރާ މައުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ނަފްސާނީ ގޮތުން ދަތި ހާލަތެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެހީ ހޯދުމަށް ގޮވައިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ