18 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހޯދައިފި

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހޯދައިފި އެވެ.
މިއުމުރުފުރާގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ހޯދީ ފައިނަލްގައި ދ.އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް 2-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ލަނޑު ތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ އަހުމަދު ރަޝީދު އާއި މުހައްމަދު ޝަމްވީލެވެ.
ފައިނަލް މެޗަށްފަހު ޗެމްޕިއަންކަން ހޯދި ޓީމަށާއި ވަނަ ވަނަ ހޯދި ކުޅުންތެރިން ވަނީ ހޮވާފައެވެ. އެގޮތުން މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އިޔާން އަހުމަދު ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ ދ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުހުމަދު ސަމާހު އަލީ، މުހައްމަދު ޒައްޔާން، މުހައްމަދު ޝަޒީލް، ހުސައިން އަހުޝަމް މޫސާ، އިރުޝާމް އާދަމް ނަސީރު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އަބްދުﷲ ނާވިޝް، އަހުމަދު ޝާވިން ޝިހާމް، އިޔާން އަހުމަދު ރަޝީދު، މުސައްނިފް މުހައްމަދު، ސީއެޗްއެސްއީގެ ރިޝްވާން އިސްމާއިލް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ނޫރުއްﷲ މުފީދެވެ.
މިއުމުރު ފުރާއިން ޖުމްލަ ފަސް ސުކޫލް ވާދަކުރި މިމުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ