މިސްކިތްތައް ފަދަ ތަންތަން، ސިޔާސީ ކަންކަމަށް ބޭނުންކޮށްގެން ނުވާނެ ކަމަށާއި، އެފަދަ ހަރަކާތްތަކާ މެދު ފުލުހުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އުމަރު ނަސިރު މިހެން ވިދާޅުވީ، މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
މިސްކިތްތަކާއި މިސްކިތުގެ ވަށައިގެންވާ ތަންތަން، ސިޔާސީ ކަންކަމަށް ބޭނުންކޮށްގެން ނުވާނެ ކަމަށް އުމަރު ވިދާޅުވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިނިވަންކަމާއި ސަލާމަތާއި، ރައްކާތެރިކަމަށް އެދި ގިނަ ބަޔަކު ވަނީ، މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކޮށްފައެވެ.
މިދުއާގައި އެމްޑީޕީގެ މެންބަރުންނާއި އަދާލަތު ޕާޓީގެ މެންބަރުންގެ އިތުރުން ޖުމްހޫރީ ޕާޓިއަށް ނިސްބަތްވާ ގިނަ ބޭބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި މިދުއާގައި ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި ބަންގްލަދޭޝްގެ ރައްޔިތުން ވެސް ބައިވެރިވިއެވެ.
މިދިޔަ 13 މާޗު ވީ، ހުކުރު ދުވަހުގެ ނަމާދަށް ފަހުވެސް އެމްޑީޕީން ވަނީ ހާއްސަ ދުއާއެއް ކޮށްފައެވެ.
މިސްކިތްތައް ސިޔާސީ ކަންކަމަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ