ގަމު ދާއިރާގެ ކުރީގެ މެމްބަރަށް ވެސް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަޤާމަށް، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ގަމު ދާއިރާގެ މެމްބަރުކަން ކުރެއްވި ‏‏ ޔޫސުފް ޢަބްދުލްޣަފޫރު ޢައްޔަނު ކުރައްވައިފިއެވެ.‏
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި މަގާމަށް ޔޫސުފް އަބްދުލްޢަފޫރު އައްޔަންކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ.
ޔޫސުފް އަބްދުލްޢަފޫރަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ޓިކެޓްގައި އިންތިހާބިވެފައިވާ ބޭފުޅެއް ނަމަވެސް ފަހުން އޭނާ މަސައްކަތް ކުރެއްވީޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައެވެ.
އޭނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރައްވާފަ އެވެ. ނަމަވެސް އެ އިންތިހާބުން އޭނާ ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ