ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ވަހީދާ ބައްދަލުކުރެއްވުމަށް ފަހު މިރޭ 9:30 އެހާކަންހާއިރު ހިލާލީގެއިން ގާސިމް ނުކުމެވަޑައިގެންނެވި މަންޒަރު ސަންގެ ނޫސްވެރީންނަށް ވަނީ ފެނިފަ އެވެ.
ގާސިމް މިރޭ ރައީސް ވަހީދާ ބައްދަލުކުރެއްވީ ކީއްވެގެން ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގާސިމަށް ވަޑައިނުގެންނެވުނީ ކުޑަ ތަފާތަކުންނެވެ. ގާސިމަށް 24 ޕަސެންޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 25 ޕަސެންޓެވެ.
ނޫސްވެރީންނާ ބައްދަލުކުރައްވައި ގާސިމް މިއަދު ވިދާޅުވީ އިންތިޚާބުގެ ނިތީޖާ ގަބޫލުނުކުރައްވާނެ ކަމަށާއި ފުރަތަމަ ބުރުގެ ވޯޓުލުމުގައި އޮޅުވާލުންތަކެއް ހުރިކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެކަންކަން ކަށަވަރު ކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ރައީސް ވަހީދާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ