އީވް ކްލިނިކުން، "ހޯމް ކެއާ" ހިދުމަތް ތައާރަފުކޮށްފި
ގޭގައި ތިބެގެން ޞިއްޙީ ފަރުވާ ހޯދޭނެ "ހޯމް ކެއަރ" ޚިދުމަތް އީވް ކްލިނިކް ގްރޫޕުން ތައާރަފްކޮށްފި އެވެ.އީވް ކްލިނިކް ވެސްޓް ޕާކް ބްރާންޗުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީއެވެ.މި ހިދުމަތުގެ ދަށުން ބަލިމީހާގެ އަމިއްލަ ގޭގައި ތިބެގެން ގިނަ ފަރުވާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން: އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުންލޭގެ ޓެސްޓުތަކަށް ސާމްޕަލް ނެގުންކުދިކުދި ފާރުގަނޑުތައް ސާފުކުރުންނާސިންގްގެ ތަފާތު ހިދުމަތްތައްވިހެއުމަށްފަހު ދެވޭ ފަރުވާ (ތުއްތު ކުދިން ބެލެހެއްޓުމުގެ އިތުރުން، އާއިލާގެ ފަރާތުން މަންމައަށާއި ދަރިފުޅަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެވޭނެ)"ހޯމް ކެއާ" ހިދުމަތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ އީވް ކްލިނިކް ގްރޫޕްގެ ހުރިހާ ކްލިނިކަކުން ހުޅުވާލާފައެވެ. ތިން ކްލިނިކާއެކު ހިންގަމުން އަންނަ އީވް ކްލިނިކް ހެލްތްކެއާ ޕްރައިވެޓް ލިމިޓެޑަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އަމިއްލަ ސިއްހީ ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ