ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ދައްކަންޖެހޭ ފީ 5000 ރުފިޔާއިން 15000 އަށް ބޮޑުކުރަން މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
އެ އިސްލާހް ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން ޕީޕީއެމަށް ނިސްބަތްވާ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފަށެވެ.
މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް އެ އިސްލާ ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އިންތިޚާބުތަކާ ބެހޭ ކަންކަން ހަރުދަނާ ކުރުމަށާއި އިންތިޚާބުތަކަކީ މިނިވަން އަދި އިތުބާރު ކުރެވޭ އިންތިޚާބުތަކަކަށް ހެދުމަށް ކަމަށެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިމަހުގެ 10 ވަނަ ދުވަހު އެ ބިލް ވަނީ ފާސްކޮށްފައެވެ. އަދި އެއްވެސް ބަދަލެއް އެ ބިލަށް ގެނެސްފައިނުވާއިރު، އެ ބިލާ މެދު ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމެވެ.
ދާދިފަހުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ބަހައްޓަން ޖެހޭ ޑިޕޮސިޓްވެސް 40000 ރުފިޔާ އިން އެއް ލައްކަ ރުފިޔާއަށް ބޮޑުކުރާ ގޮތަށްވެސް މަޖިލީހުން ވަނީ އިންތިހާބާ ބެހޭ ގާނޫނަށް ބަދަލު ގެނެސްފައެވެ.
މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ 15000 އަށް ބޮޑުކުރަން ކޮމެޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ