ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ހަމަޖެއްސެވީ، ގދ.ފަރެސްމާތޮޑާ، ރޭއަލިވާގެ އަހުމަދު ޝިފާއު ކަމަށެވެ. މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ޝިފާއުއަށް ހަވާލުކުރެއްވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާންގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި، ޝިފާއު ވަނީ ކުރައްވައިފަ އެވެ. ޝިފާއު މީގެ ކުރިން ހުންނެވީ ކަސްޓަމްސްގެ މަތީ މަގާމެއްގަ އެވެ.
ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހުސެން ފާއިޒް ރަޝާދު ވަނީ މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައި، ހައިކޯޓްގެ ފަނޑިޔާރުކަމުގެ މަގާމަށް ބަދަލުވެ ވަޑައިގެންފަ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ބޭފުޅަކު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ