މަސައްކަތް ދެގުނަ ކޮށްދިނުމަށް ގާސިމް އެދިވަޑައިގަންނަވައިފި

އިންތިހާބަށް މިއޮތް 7 ވަރަކަށް ދުވަހުގެ ތެރޭގައި ޖުމްހޫރީ ގުޅުމުގެ ސަޕޯޓަރުން ކެމްޕެއިންގެ މަސައްކަތް ދެގުނަ ކޮށްދެއްވުމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެދިވަޑައިގަންނަވައިފިއެވެ.
ގާސިމްގެ ސަޕޯޓަރުންގެ އަރިހުން މިކަމަށް އެދިވަޑައިގެންނެވީ "ގަލޮޅު ތަރައްޤީ ޖުމްހޫރީ ޖަގަޖަ" ހުޅުއްވައި ދެއްވުމަށްފަހު މިރޭ ދެއްކެވި ވާހަކަ ފުޅުގައެވެ.
ގާސިމް ވިދާޅުވީ އިސްލާމްދީނާއި ގައުމު ސަލާމަތް ކުރެވޭނެވީ ޖުމްހޫރީ ގުޅުމަށްކަމުގައެވެ. އަދި ދީނާއި އިގްތިސާދާއި އިތްތިމާއި ރައްކާތެރިކަމަށްޓަކައި އެއް ނަންބަރު ކެންޑިޑޭޓަށް ވޯޓް ދެއްވުމަށްވެސް ގާސިމް އެދިވަޑައިގެންނެވިއެވެ.
ގާސިމް ވިދާޅުވީ ކުޅުދުއްފުށީގެ ކައުންސިލްގެ ރައީސް މިއަދު ޖޭޕީއަށް ސޮއިކުރެއްވުމުން ކުޅުދުއްފުށީގެ މެޖޯރިޓީ އެޕާޓީއަށް ލިބޭނެކަން ޔަގީން ވެފައިވާކަމުގައެވެ. އަދި އުތުރާއި ދެކުނުގެ އިތުރުން މެދުރާއްޖެތޭރޭގައާއި މާލޭގައިވެސް އެންމެ ތާއީދުބޮޑު ޕާޓީއަކީ މިހާރު ޖުމްހޫރީ ޕާޓީކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ