އިލެކްޝަންސް ކޮމިޝަންގެ ހަމަލާތައް މައުމޫން ރިފޯމް މޫވްމެންޓަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން ހިންގާ ސިޔާސީ ޙަރަކާތްތައް، ޤާނޫނާއި ޤަވާއިދުގެ ހުދޫދުގެ ތެރޭގައި ކުރިއަށް ގެންދެވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.
ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި ކޮށްގެން ނުވާނެކަންކަން ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ބަޔާނެއްގައި 3 ކަމެއް ފާހަގަކޮށްފައި ވެއެވެ.
ފުރަތަމަ ނުކުތާއެއްގެ ގޮތުން ފާހަގަކޮށްފައި ވަނީ ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަފައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައިވާ މުއްދަތުގައި ލިބިގެންނުވާ ކަމަށް ބަޔާންކޮށްފައިވާތީ، ޖަލުގައި ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތައް ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުން ހިންގާ ތާއީދު ހޯދުމުގެ ޙަރަކާތްތައް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން މަނާކުރެވިފައިވާ ކަމަށެވެ.
އިލެކްޝަންސް އިން ބުނީ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ޙަރަކާތްތަކުގައި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ނަންތަކެއް، ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާކަމަށް ކޮމިޝަނަށް ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން ރަޖިސްޓްރީ ކުރެވިފައިނުވާ ނަމެއް ބޭނުންކޮށްގެން ތާއީދު ހޯދުމުގެ ޙަރަކާތެއް ނުބޭއްވުމަށް އީސީ އިން ވަނީ އަންގާފައެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީއަކުން ތާއީދު ހޯދުމަށް ބާއްވާ ޙަރަކާތްތަކުގައި އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާން، ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީގެ ހުއްދަ ނެތި ބޭނުން ނުކުރުމަށްވެސް އީސީ އިން ވަނީ އަންގާފައެވެ. އަދި ސިޔާސީ ޕާޓީއަކުން ޖަލްސާތަކުގައާއި ތާއީދު ހޯދުމަށް ބާއްވާ ޙަރަކާތްތަކުގައި ބޭނުންކުރާ ކުލަ އެހެން ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ ހުއްދައާއެކު މެނުވީ ބޭނުން ނުކުރުމަށްވެސް އީސީ އިން ވަނީ އަންގާފައެވެ.
އިލެކްޝަންސް އިން ބުނީ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ތާއީދު ހޯދުމަށް ބާއްވާ ޙަރަކާތްތަކަށް އަބަދުވެސް އެ ކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.
ވަކި ނަމެއް މި ބަޔާނުގައި ފާހަގަކޮށްފައިނުވިނަމަވެސް، އިލެކްޝަންސް ކޮމިޝަނުންް ބަހުގެ ހަމަލާތައްދީފައިވަނީ މައުމޫން ރިފޯމް މޫވްމެންޓަށްކަމަށް ބެލެވެ އެވެ.
ރައީސް މައުމޫންގެ ރިފޯމް މޫވްމެންޓުގެ ނަމުގައި ހަރަކާތެއް ފަށައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށް އެ މޫވްމެންޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ