މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ނިލަންދޫ ދާއިރާ އަށް ލާފައިވާ ވޯޓުކަރުދާސްތައް އަލުން މިއަދު ޗެކް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ނިލަންދޫ ދާއިރާގެ އިންތިހާބާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ސެކިއުރިޓީ އުރަތައް މިއަދު މެންދުރު ފަހު 2:00ގައި ކަނޑާނެ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާ ދައްކާ ގޮތުން ނިލަންދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުލްމުހްސިން ހަމީދު ނާކާމިޔާބުވެފައި ވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އޭނާ އަށް 644 ވޯޓު ލިބިވަޑައިގަތް އިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުﷲ ޚަލީލަށް ލިބިވަޑައިގަތީ 645 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބާތިލު ވޯޓުތައް ސައްހަ ވޯޓުގެ ގޮތުގައި ބަލާފައިވާ ކަމުގެ ޝަކުތައް ލިބިފައިވާ ކަމަށެވެ. އެ ކޮމިޝަނުން ވަނީ ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފަ އެވެ.
ނިލަންދޫ ދާއިރާގެ ވޯޓު އަލުން ގުނަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ