ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނާއިބު ރައީސަކަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހަމަޖައްސައިފިއެވެ.
ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބަލައި ފަނޑިޔާރުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ ޖޭއެސްސީގެ ނާއިބު ރައީސަކަށް ރިޒާ ހަމަޖެއްސެވީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. ރިޒާއާ އެކު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އެ ކޮމިޝަންގައި ނެގި ވޯޓުގެ ތަފްސީލެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.
ޖޭއެސްސީގެ ނާއިބު ރައީސަކަށް ރިޒާ ހަމަޖެއްސެވީ އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުންނެވެ. ފައިސަލަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނެވި މެމްބަރެކެވެ. ފައިސަލްގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީއަށް މިހާރު އައްޔަންކޮށްފައި ވަނީ ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވާ މެމްބަރު ރިޒާ ޖޭއެސްސީގެ ނާއިބު ރައީސަކަށް އައްޔަން ކުރުމުން، އެ ކޮމިޝަން ސިޔާސީވެފައިވާ މިންވަރާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ޖޭއެސްސީއަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަންގެ މެމްބަރުންނަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފު އިބްރާހިމާއި ގާނޫނީ ވަކީލު އަބްދުލް ހަންނާން އަހުމަދާއި ގާނޫނީ ވަކީލު ލަތީފާ ގާސިމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ރޭނީސް ސަލީމެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޖޭއެސްސީގެ ނާއިބު ރައީސަކަށް ގުރައިދޫ ދާއިރާގެ މެމްބަރު ރިޔާޒާ ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ