މާދަމާ ހަވީރު 4:00 ގައި ސިނަމާލެ ބުރިޖު ހުރަސްކުރެވޭނެ

މާދަމާ ހަވީރު 16:00ގައި ސިނަމާލެ ބުރިޖު އާއްމުކޮށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މިނިސްޓަރ ވަނީ ސެޕްޓެމްބަރ 7 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ސިނަމާލެ ބުރިޖު އާއްމުކޮށް ދަތުރުފަތުރަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވެފައެވެ.  
September 7 vaa hukuru dhuvahu haveeru 4:00 gai Sinamale Bridge aammukoh dhathurufathurah hulhuvaaleveyne IA.— Dr.Mohamed Muizzu (@MMuizzu) September 6, 2018
މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ މިނިސްޓަރ ވަނީ މި މަހުގެ 7 ވަނަ ދުވަހު ބުރިޖު ހުޅުވާޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ކުރިން ބުރިޖަށް ދާން ބޭނުންކުރާ މަގު (ބޮޑުތަކުރުފާނު މަގު) ހުޅުވާލާނެ ކަމަށްވެސް މިނިސްޓްރ ވިދާޅުވިއެވެ.ހައުސިން މިނިސްޓްރީއިން ވަނީ މިރޭ ބޮޑުތަކުރުފާނު މަގު ވެސް އާއްމުންނަށް ހުޅުވާލާފައެވެ. ބުރިޖު އާއްމުކޮށް ހުޅުވާލުމާއެކު ބަހުގެ ޚިދުމަތް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ