ދެ ޤާނޫނު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުން މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ ޤާނޫނާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ މަގާމުން ވަކިވާ ގޮތަށް ފާސްކުރި ޤާނޫން ބާތިލް ކުރަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ބާއްވަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފިއެވެ.
މިދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައިގެ އަޑުއެހުން ބާއްވަން ނިންމާފައި ވަނީ މާދަމާ ހެނދުނު 11:00 ގައެވެ. ދެވަނަ މައްސަލައިގެ އަޑުއެހުން ބާއްވަން ނިންމާފައި ވަނީ މާދަމާ މެންދުރުފަހު 13:30 ގައެވެ.
މާދަމާ ބާއްވަނީ މިމައްސަލަތަކުގެ އިޖުރާޢީ އަޑުުއެހުމެވެ. އެހެންކަމުން މިމައްސަލަތަކުގެ ޝަރީޢަތް ކުރިއަށް ގެންދެވިދާނެތޯ ނިންމުން ފިޔަވައި އިތުރު ކަމެއް މާދަމާގެ ޝަރީޢަތުގައި ނޯންނާނެއެވެ.
އެންޓި ޑިފެކްޝަން ޤާނޫނު ބުނާ ގޮތުން މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާއެކު ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާނެއެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް އުފުލޭ ޖިނާޢީ ދައުވާތަކުގެ އިސްތިއުނާފް ޝަރީޢަތް ވެސް 30 ދުވަހުގެ ތެރޭގައި ނިންމަން ޤާނޫނު ލާޒިމް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ