ރާއްޖެއަށް ދަތުރުކުރާ ޗައިނާ މީހުން ރާއްޖޭގައި އުޅޭއިރު އަމިއްލަ ސަލާމަތާ ރައްކާތެރިކަަމަށް ސަމާލުވުމަށް ޗައިނާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
ޗައިނާ ސަރުކާރުން މިފަދަ އިލްތިމާސްއެއް ކޮށްފައި މިވަނީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ވަގުތެއްގަ އެވެ.
ޗައިނާ ސަރުކާރުން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ރާއްޖެ އަންނަ ޗައިނާ މީހުންނަށާއި އަދި މިހާރު ރާއްޖޭގައި ދިރިއުޅޭ ޗައިނާ މީހުން ރާއްޖޭގައި އުޅޭއިރު ސަމާލުވާން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ވެރިރަށް މާލެ މިދުވަސްކޮޅު ހަލަބޮލިވެފައިވާ ކަަމަށާއި ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން ދިއުމަށް އެގައުމުގެ ރައްޔިތުންނަށް އިރުޝާދުދޭ ކަމަށް ވެސް ޗައިނާ ސަރުކާރުގެ އެޑްވައިޒަރީގައިވެ އެވެ.
ޗައިނާ ސަރުކާރުގެ އެޑްވައިޒަރީ ނެރެފައިވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
ޗައިނާ އަކީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވުމާއި ގުޅިގެން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް މިވަގުތު ރާއްޖެ ވަނީ އައިސްފަ އެވެ.
ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ އެ ގައުމުތަކުގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ޗައިނާ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ