ވެރިރަށް މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ޙާލު ކުޑަކޮށް ވެސް ރައީސް ޔާމީނަށް އެނގިވަޑައި ނުގަންނަވާކަން ފަޅާއަރައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މާލެ ތޮއްޖެހިފައި ވާކަމަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ޝާހިދު ވިދާޅުވީ "ތިޔަ ފަޅާއެރީ މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ޙާލު ކުޑަކޮށް ވެސް ނޭނގޭކަން" ކަމަށާއި، ގިނަ މީހުން ނިދަނީ ދަންފަޅި ބަހައިގެން ކަމަށެވެ.
Thiya falhaa eree Male ga meehun ulhey nikamethi haalu kudakohves neygeykan! Gina meehun nidhanee dhanfalhi bahaigen! Mulhi rah gon’dakah vejje! Fithi baaruve neyvaalanee ekaku anekaage moonah! Mulhi rashuga roagaa! Rahumeh huriyyaa raiyyithunnaa hama ah vadaigen ballavaalavvaa! https://t.co/PlBir90xt5
ޝާހިދު ވިދާޅުވީ މުޅި މާލެ ގޮނޑަކަށް ވެއްޖެ ކަމަށެވެ. އަދި ފިތިބާރުވެ، ނޭވާލަނީ އެކަކު އަނެކަކު މޫނަށް ކަމަށާއި، މުޅި ރަށުގައި އޮތީ ރޯގާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ރަޙުމެއް ހުރި ނަމަ ރައްޔިތުންނާ ހަމަޔަށް ވަޑައިގެން ބެއްލެވުމަށް ޝާހިދު ގޮވާލެއްވިއެވެ.
މާލެ ތޮއްޖެހިފައިވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ޝާހިދުގެ އިތުރުން މާލެ ތަމްސީލްކުރައްވާ މަޖިލީހުގެ އެހެން ބައެއް މެމްބަރުންނާއި، މާލޭ ސިޓީ ކައުންސިލްގެ އިތުރުން ޢާއްމު އެތައް ރައްޔިތުންނެއް ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
އެގޮތުން ރައީސް ޔާމީންގެ ވާހަކަފުޅާ ހަވާލާދީ ލިޔެފައިވާ ޚަބަރެއްގެ ސުރުޚީއަކަށް އިޝާރާތްކުރައްވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ކޮންމެ ހެޑްލައިނަކުން ފެނިގެންދަނީ ދައުލަތުގެ މޮޔަ ސިފަ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މާލޭގައި އުޅޭ މީހުންގެ ހާލު ރައީސް ޔާމީނަށް ނޭނގޭކަން ފަޅާއަރައިފި: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ