ކޯލް ކިއުގައި ގިނަވަގުތު ހޭދަކުރުމުގެ ބަދަލުގައި އައިކެއަރގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު އެޕޮއިންޓްމެންޓް ބުކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އައިކެއަރ އިން ބުނީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެދެމުންދާއިރު، ފޯނު ކޯލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުމަށް ކިއޫގައި މަޑުކުރުމުގެ ބަދަލުގައި، ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށްދިނުމަށް އައިކެއަރ އިން ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އައިކެއަރގެ އަމާޒަކީ ކޮންމެ ކަސްޓަމަރަކަށްވެސް އެއްވެސް ތަކްލީފެއް ނެތި، އަވަސްކަމާއެކު ލޮލުގެ ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުންކަން ފާހަގަކޮށް ބުނީ މިހާރު އައިކެއަރ ގެ ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 7201026 އަށް މެސެޖު ކޮށްލައިގެންވެސް ވަރަށް ފަސޭހަކަމާއެކު އެޕޮއިންޓްމެންޓް ކަށަވަރު ކުރެވޭނެ ކަމަށެވެ.
މި އިންތިޒާމްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މައުލޫމާތު ސާފުކޮށް ބޭނުންވާ ވަގުތަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އައިކެއަރ އިން ވަނީ ބުނެފައެވެ.
ގިނަ ވަގުތު ސްކްރީންތަކަށް ބަލަން ހުރުމުގެ ސަބަބުން ލޮލަށް ބާރުބޮޑުވެ، ބޮލުގައި ރިއްސުމާއި ފެންނަ އެއްޗެހި ފުސްވުމަކީ މިއަދުގެ ދިރިއުޅުމުގައި ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. ނަމަވެސް، މިފަދަ އަލާމާތްތަކަށް ފަރުވާކުޑަކޮށް، ލޯ ޗެކްކުރުން ފަސްކުރުމަކީ ދިގު މުއްދަތުގައި ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އައިކެއަރ އޮޕްޓިކަލް އިން ހާމަކުރެއެވެ.
އައިކެއަރ އިން ފާހަގަކުރާ ގޮތުގައި، ގަވާއިދުން ލޯ ޗެކްކުރުމަކީ ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ފެނުމަށް އަންނަ ކުދިކުދި ބަދަލުތައް ދެނެގަތުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ގިނަ ފަހަރަށް ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަށް އިންސާނާގެ ހަށިގަނޑު އަމިއްލައަށް ހޭނެމުންދާއިރު، އެކަން އިހުސާސް ކުރެވެނީ މައްސަލަ ބޮޑުވާ ހިސާބުންނެވެ. އެހެންކަމުން، ބޮލުގައި ރިއްސުމާއި ލޯ ފުސްވުން ފަދަ ކަންކަމަކީ ލޮލުގެ ފަރުވާއަށް ބޭނުންވެފައިވާ ކަމުގެ ކުރީގެ ނިޝާންތަކަކަށް ވެދާނެއެވެ.
ލޮލުގެ ފެނުމަށް ކުޑަވެސް ބަދަލެއް އައިސްފައިވާނަމަ ނުވަތަ ސްކްރީންތަކަށް ބަލާއިރު އުނދަގޫވާނަމަ، ލަސްނުކުރައްވައި އޮންލައިންކޮށް އެޕޮއިންޓްމެންޓް ހަދައި ލޯ ޗެކްކޮށްލުމަކީ ދުޅަހެޔޮ ފެނުމަކަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އައި ކެއަރ އިން ވަނީ ފާހަގަކޮށްފައެވެ.
އައިކެއާ އާއި މަމްސް އެއިޑް ގުޅިގެން މި ރަމަޟާން މަހުވެސް އާއިލާތަކަށް “ކެއާ ބާސްކެޓް” ހަދިޔާކޮށްފި އައިކެއާގެ ރަމަޟާން އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް ސައުފާން ހޮވިއްޖެ ރާއްޖޭގައި އަލަށް ކުރި ލޮލުގެ ބޮޑު ސާޖަރީއެއް އައިކެއާގައި ކާމިޔާބުކަމާއެކުކޮށްފި އަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ