މާލެއަކީ ފުރިބާރުވެފައިވާ ތަނެއް ކަމަށް ގަބޫލެއް ނުކުރަން: ރައީސް އަބްދުﷲ ޔާމިން

މާލެއަކީ ފުރިބާރުވެފައިވާ ޕޮލިއުޓް ވެފައިވާ ރަށެއް ކަމަށް ކުރިން ބުނި ނަމަވެސް މާލެއަކީ ފުރިބާރުވެފައިވާ ތަނެއް ކަމަށް އެއްވެސް ވަރަކަށް ގަބޫލު ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
"ރަށްވެހި ތަރައްޤީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލެއްވި މި ފޮތް އިފްތިތާޙް ކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި 25 ބުރީގެ އިމާރާތެއް ވެސް ހެދިގެންދާ ކަމަށާއި އެކަން އަމިއްލަ ފަރާތްތަކަށް ވެސް މިހާރު ކުރެވޭނެ ކަމަށެވެ.
މާލޭގައި ހެދެންވީ 25 ބުރީގެ އެންމެ އިމާރާތެއް ތޯ.އިރާދަކުރެއްވިއްޔާ 2018 ގައި ރިޔާސީ އިންތިހާބާއި އެކީ މާލޭގައި 25 ބުރީގެ އިތުރު އެތައް އިމާރާތެއް ފެނިގެންދާނެ. އެކަން ކުރުމަށް ޖާގަ އެބައަތް" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މާލޭގައި ދިރިއުޅެން ޖެހޭނީ ހަމައެކަނި މާލޭ މީހުން ނޫން ކަމަށާއި މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ވެސް ކުރިއަށް އޮތްތަނުގައި ހައްލު ކުރެވޭނެ ކަމަށެވެ.
މާލެއަކީ ބޮޑު އާބާދީއެއް ކަމަށްވާއިރު ދިރިއުޅޭ ކުޑަކުދިންނަށް ހިތްފަސޭހަ ކަމާއެކު، ދުއްވާ އެއްޗެހީގެ ނުރައްކަލަކާ ނުލާ އުޅެވޭނެ މާހައުލެއް ގާއިމް ކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
" މިއަދު މާލެއަކީ ޖާގަ ފުރިފައި އޮތް ތަނެއް ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ. މި ތަރައްގީ މާލެއަށް އަންނަ އިރު މިކަހަލަ ތަރައްގީ މާލެ ނޫން ބޮޑެތި ސިޓީތަކަށް ވެސް އަންނަމުން އެބަދޭ." ރައީސް ވިދާޅުވި އެވެ.
 ރައީސް ވިދާޅުވީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ  އެހެން ގައުމުތަކަށް އަންނަ އެފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ. އެ ހާލަތު ރާއްޖޭގައި އިއުލާނު ކުރަން ޖެހުނީ ގާނޫނުތަކުން އަމިއްލަޔަށް ދަތިއެޅުވޭތީ އެ ދަތިތައް ފިލުވުމަށް ކަމަށް ވިދާޅުވިއެވެ. 
އެކަން ނުކުރި ނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވެގެންދާނެ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުން ކުރެވެނު މަސައްކަތްތަކުން އެމަނިކުފާނު ވެސް އަމިއްލައަށް ހައިރާންފުޅުވި ކަމަށް ވިދާޅުވިއެވެ. އަދި އެހާލަތުގައިވެސް ސަރުކާރުގެ މަސައްކަތްތައް އޮތީ ލައިފް އޭސް ނޯމްކޮށް ކަމަށެވެ. އަދި ބިސްނަސް އޭސް ޔޫޝުއަލް ކޮށް ކަމަށާއި އެއްވެސް މަސައްކަތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"ތަފާސް ހިސާބުތައް އެޕްލައިކޮށްފައި މި މައުލޫމާތު ގެނެސްދިނީމަ، އަޅުގަނޑުމެންނަށް ވަރަށް ތަފާތު މައުލޫމާތު ލިބިގެންދޭ. " ރައީސް ވިދާޅުވި އެވެ.
"ރަށްވެހި ތަރައްޤީ"  ފޮތަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފެނިފައި ނުވާ ފަދަ ބޮޑެތި ބިޔަ މަޝްރޫޢުތަކެއްގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަމުގައި މަދަނިއްޔަތާއި ތަހުޒީބު ލިބިގެންވާ ތަރައްގީއެއް ދިވެހިރާއްޖެއަށް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ފޮތެކެވެ. ދިރާސާކުރާ ފަރާތްތަކަށާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދެކެފައިވާ ބަދަލުތަކާގުޅޭ ވަރަށް ތަފްސީލީ މައުލޫމާތުތަކެއް މި ފޮތުން ލިބޭނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ