އަންނަ ހޮނިހިރު ދުވަހު ފޭދޫ، މަރަދޫފޭދޫ އަދި ގަމުން ތިން ގަޑިއިރަށް ކަރަންޓު ކަނޑާލަނީ

އަންނަ ހޮނިހިރު ދުވަހު، އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫގެ އިތުރުން ގަމުން ތިން ގަޑިއިރަށް ކަރަންޓު ކަނޑާލަން ނިންމާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ސޮއިކުރައްވައި މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އެރަށްތަކުން އެވަގުތު ކަރަންޓު ކަނޑާލަނީ އެރަށްތަކަށް ކަރަންޓު ފޯރުކޮށްދެމުންދާ ސެންޓްރަލް ޕަވާސްޓޭޝަންގައި އަލަށް ބެހެއްޓި ދެ މެގަވޯޓުގެ ދެ ޖަނެރޭޓަރުން ކަރަންޓުދިނުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ޕެނަލަށް ގުޅަންޖެހޭ ކޭބަލް ގުޅާލުމަށްޓަކައި ކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ.
މިކަމާ ގުޅިގެން ދިމާވެދާނެ އެންމެހައި ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން ނިހާޔަތަށް މައާފަށްއެދޭކަމަށާއި، މިފަދަ ކަންކަމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ރައްޔިތުންގެ ކެއްތެރިކަމަށްޓަކައި ޝުކުރު އަދާކުރާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ