ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ބާއްވަން ތާވަލު އަޑުއެހުން ކެންސަލް ކޮށްފި
ރައްޔިތުނެގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުން ބާއްވަން ތާވަލުކުރި ބައްދަލުވުން ކެންސަލް ކޮށްފި އެވެ. ޕާޓީ ބަދަލު ކުރުމުން ގޮޑި ގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރު މިމަހުގެ އެއް ވަނަ ދުވަހު ހަމަ އެ ކޯޓުން ބާތިލުކޮށް، އެ އަމުރަށް އަމަލު ކުރުން ފަސް ކުރަން މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން އޮތީ އަމުރުކޮށްފައެވެ. އެހެން އަމުރެއް ނެރުނު ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ މާދަމާގެ 11:00 އަށް ގޮނޑީގެ މައްސަލާގައި ބައްދަލުވުމެއް ތާވަލު ކޮށްފައެވެ. ނަމަވެސް އެ މައްސަލަ ކެންސަލްކޮށް މިއަދު ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވަނީ، އެ ބައްދަލުވުން ކެންސަލްކުރީ އެކަމަށް އެދި ހުށަހެޅި ފަރާތުން އެދިގެން ކަމަށެވެ. ގޮނޑީގެ މައްސަލައަށް އަމަލުކުރުން ފަސްކުރުމަށް މިފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ވެސް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި މެމްބަރުން ކޮންމެ ދުވަހަކު ދަނީ ސުޕްރީމް ކޯޓަށް ހާޒިރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ