އެމްޑީޕީއަށް ފައިސާ ދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފި

އެމްޑީޕީއަށް ފައިސާ ދޫކުރަން މި ހަފުތާ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން 10،000 މެންބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީތައަކަށް ބަންދު ދުވަސް ނުހިމެނޭ ގޮތަށް އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފައިސާ ދޫކުރަން ޖެހެ އެވެ. އަދި ފައިސާ ދޫކުރަން ޖެހެނީ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައުވާ ޕާޓީތަކަށެވެ. އީސީން އެމްޑީޕީއަށް ފައިސާ ދޭން ނިންމީ އެޕާޓީގެ އޮޑިޓް ރިޕޯޓް އީސީއަށް މިދިޔަ ހަފުތާގައި ހުށަހެޅުމާ ގުޅިގެންނެވެ. 
އިލެކްޝަން ކޮމިޝަނުން ބުނީ އެމްޑިޕީއިން އެޕާޓީގެ އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާތީ އެ ޕާޓީއަށްވެސް ފައިސާ ހޯދަން ފިނޭންސަށް ހުށަހެޅުމަށް ނިންމައި އެކަމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތުން އެ ކޮމިޝަނުން ބުނިގޮތުގައި އެމްޑީޕީއަށް ވެސް ލަސްވެގެން މި ހަފްތާގެތެރޭގައި ފައިސާ ދޫކުރާނެއެވެ.
މި ހަފްތާ ތެރޭގައި އެމްޑީޕީއަށް ފައިސާ ދޫކުރަން ހުށަހަޅާއިރު އެ ނޫން ޕާޓީތަކަށް ފައިސާ ހޯދަން މިހާރު ވަނީ ހުށަހަޅާފަ އެވެ. 
ޕާޓީތަކަށް ފައިސާ ދޫކުރަނީ 10،000 މީހުންނަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވާ ޕާޓީތަކަށް މެމްބަރަކަށް 251.58ރ. ގެ މަގުންނެވެ.
އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް މިއަހަރު 24 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ދޫކުރަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ