އިރާއީ ބުކްޝޮޕަކީ އަބަދުވެސް ތަފާތު ކަންކަމާ އެކު، ގިނަ ބައެއްގެ ލޯބި ހޯދާ ތަނެކެވެ. އެގޮތުން މި ފަހަރުގެ "ބެކް ޓް ސްކޫލް" ޕްރޮމޯޝަނާ ދިމާކޮށް ވެސް މިއޮތީ އެތައް ބަޔަކަށް ބޮޑު ލުއިފަސޭހަ ކަމެކެވެ. އެ މީހަކު ހުރި ތާކަށް، ފޮތްތައް ގެންގޮސްދެނީ އެވެ.
"އަޅުގަނޑުމެންގެ ފިހާރަޔަކަށް ވައުޗާ ގެނެސް ދެއްވުމުން އަޅުގަނޑުމެން ހިލޭ ގެންގޮސް ދޭނަން އެގެއަކަށް. ނުވަތަ ފޯނުކޮށްފައި ފޮތްލިސްޓާ ބެހޭ މައުލޫމާތު ދެއްވުމުން އަޅުގަނޑުމެން ފޮތް ފޮނުވައިދޭނަން. ކޭޝް އޮން ޑެލިވަރީ ހެއްދެމުން ނިމުނީ،" އިރާއީގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ ޔުސްރިއްޔާ ރަޝީދު ވިދާޅުވި އެވެ.
މިވަރުން ނިމުނީއެއް ނޫނެވެ. ރަށްރަށުން ފަސް ފޮތް ލިސްޓަށް ވުރެ ގިނައިން ފޮތް ނަގާ ނަމަ، އިރާއީގެ އެޖެންޓަކަށް ވެވޭނެ އެވެ. އެޖެންޓަކަށް ވުމުން އެންމެ ބޮޑު ފައިދާ އަކީ، އެއްވެސް އިތުރު އަގަކާ ނުލާ، އެ ރަށަކަށް ފޮތްތައް ފޮނުވައިދޭތީ އެވެ. ބޯޓާ ހަމައަށް ފޮތްތައް ގެންގޮސްދޭނީ ވެސް ބުކްޝޮޕުންނެވެ. ނާލު ވެސް ދައްކައިދޭނެ އެވެ.
އިރާއީ ބުކްޝޮޕް: ތައުލީމާ ގުޅޭ ގިނަ ސާމާނު ލިބެން އެބަ ހުރި-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
މި ޕްރޮމޯޝަނުގެ ތެރެއިން، އިރާއީން ވިއްކާ ކޮލިޓީ ރަނގަޅު އެތައް ޕްރޮޑަކްޓަކުން ބޮޑެތި ޑިސްކައުންޓްތަކެއް ވެސް ލިބޭނެ އެވެ. އަދި ޑިސްކައުންޓް ދެ ގުނަ އަށް އިތުރު ކޮށްލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
"ކޮންމެ ބޭފުޅަކު ވެސް 400ރ. ގެ ވިޔަފާރި ކުރެއްވީމާ ޑިސްކައުންޓް ޑަބަލް ވާނީ. މިގޮތުން މި އަދަދަށް ވިޔަފާރި ކުރެއްވީމާ ޑިސްކައުންޓް ކޫޕަން ލިބިވަޑައިގަންނަވާނެ. ފޮތް ލިސްޓުތަކެއް އެއްކޮށްގެން ހަމަކުރިޔަސް، ސްކޫލު ވައުޗަރަކާ އެއްކޮށް ގަންނަ އެހެނިހެން ސާމާނު އެއްކޮށްގެން ވެސް 400ރ. ގެ ވިޔަފާރި ކުރަންވީ. އޭރުން މި ޑިސްކައުންޓަކުގައި ބައިވެރިވެވުނީ،" ޔުސްރިއްޔާ ވިދާޅުވި އެވެ.
"އެ ކޫޕަނުން އަޅުގަނޑުމެން ޑިސްކައުންޓް އަޅުވާފައި ހުންނަ ޕްރޮޑަކްޓްތަކުން، ޑިސްކައުންޓް ދެ ގުނަ އިތުރު ކޮށްލާފައި ދޭނީ. މިސާލަކަށް 25 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓްތަކުން ކޫޕަން ގެންދިޔައިމަ 50 ޕަސެންޓް ލިބޭނެ."
އޮސްޓްރޭލިޔާގެ މަޝްހޫރު ސްމިގަލް ބްރޭންޑުގެ ތަކެތި ވެސް ލިބެން ހުންނަ އަދި ޑަބަލް އޭ ބްރޭންޑްގެ ރާއްޖޭގެ ޕާޓްނަރުކަން ކުރަމުން އަންނަ ބުކްޝޮޕުން ފޮތް ލިސްޓަށް، ފޮތް ގަންނަ ފަރާތްތަކުން ގުޅާފައި ބުނުމުން ފޮތް ޑެލިވަރީ ކުރާނެ އެވެ. ފައިސާ ދައްކަން ޖެހޭނީ ފޮތްތައް ޑެލިވަރީކުރާ ގަޑީގައި އެވެ.
ކަސްޓަމަރުން ފަސޭހައިން ގުޅާލުމަށްޓަކައި އިރާއީ ބްކްޝޮޕުން ވަނީ ހޮޓްލައިނެއް ވެސް ގާއިމްކޮށްފައެވެ. ނަންބަރަކީ 7465536 އެވެ.
އިރާއީ ބުކްޝޮޕުން ފޮތް ލިސްޓަށް ހުރިހާ އެއްޗެއް ޑެލިވަރީ ކޮށްދޭ .-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
އިރާއީ ބްކްޝޮޕުން ލިބޭ ހިދުމަތްތައް، އިރާއީގެ ޕާޓްނަރުން ކަމަށްވާ ސ. ހިތަދޫ ދޮންނާ ބްކްޝޮޕުންނާއި، އދ. ހިމަންދޫ ނަސްރު މާޓުން ވެސް ލިބެން ހުންނާނެ އެވެ. އަދި ރަށްރަށުން އިރާއީ ބުކްޝޮޕްގެ ޕާޓްނަރުންނަށް ވާން ބޭނުންވާ ފިހާރަތަކަށް އެ ފުރުސަތު ވެސް އެބަ އޮތެވެ. ނަމަވެސް ކޮންމެ ރަށަކުން ވެސް ނަގާނީ އެންމެ ޕާޓްނަރެކެވެ.
ޔުސްރިއްޔާ ވިދާޅުވި ގޮތުގައި އެންމެންގެ "ފޭވަރިޓް" ބުކްޝޮޕަކަށް އިރާއީ ވަނީ މި ސަބަބުތަކާ ހެދި އެވެ. ކަސްޓަމަރުންނަށް އެންމެ ފަސޭހަ ގޮތްތައް ތައާރަފް ކުރަމުން އަންނަ އިރު، ސްކޫލް ކުދިންނަށް ބޭނުންވާ ފަންސުރުން ފެށިގެން ގޮސް ހުރިހާ ސާމާނެއް ވެސް ލިބެން އެބަ ހުއްޓެވެ.
ސްކޫލް ގައިޑް: އިރާއީ ބުކްޝޮޕުން، ފޮތްތައް އެމީހަކު ހުރި ތާކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ