ރަންބީރު އާއި އާލިއާގެ ކައިވެނި އަންނަ އަހަރު!

ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓަރުން ކަމުގައިވާ ރަންބީރު ކަޕޫރު އަދި އާލިއާ ބަޓްގެ ކައިވެނީގެ ވާހަކަތައް މިދިޔަ އަހަރުން ފެށިގެންވެސް އަންނަނީ ދެކެވެމުންނެވެ. ނަމަވެސް އޭރު ކައިވެނިކުރަން އަވަސްކަމަށް ދެތަރިން ބުންޏެވެ. އަނެއްކާވެސް އާލިއާ އާ ރަންބީރުގެ ކައިވެނީގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. ހަބަރުތައް ބުނާގޮތުގައި އެދެތަރިންގެ ކައިވެނި އަންނަ އަހަރު ފަހުކޮޅު ކުރާނެއެވެ. އެ ކައިވެނި ޕާޓީ ބާއްވާނީ އިންޑިއާއިން ބޭރުގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ. ކައިވެނި އަންނަ އަހަރު ކުރާއިރު ދެ ތަރިން ސޮއިކޮށްފައި ހުރި ފިލްމުތަކަށް ކުރިން ވަގުތު ދިނުމަށްފަހު މަސައްކަތްތައް ލުއިކުރާނެއެވެ. ދާދިފަހުން އާލިއާ އާ ރަންބީރުގެ ކައިވެނި ހަފްލާގެ ދައުވަތު ކާޑެއް ވެސް ވަނީ ވައިރަލްވެފައެވެ. އާލިއާ ވަނީ ވަރަށް ކުޑަ އިރުން ފެށިގެން ރަންބީރު އަކީ އޭނާގެ "ކްރަޝް" އެއް ކަމަށާއި ރަންބީރާއި ކައިވެނި ކުރުމުގެ ހުވަފެން ވެސް ދެކުނު ކަމަށް މީގެ ކުރިން ބުނެފަ އެވެ. އާލިއާގެ އިތުރުން ރަންބީރު ވެސް ވަނީ އާލިއާ އާއި ގަޔާވާކަމަށް މީގެ ކުރިން އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ