ނާޒިމުގެ އިސްތިއުނާފު މައްސަލަ އަވަސް ކޮށްދިނުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ އިސްތިއުނާފު މައްސަލަ އަވަސް ކޮށްދިނުމުގެ އަމުރެއް ނެރެދެއްވުމަށް ނާޒިމްގެ ވަކީލުން ސުޕްރޯމް ކޯޓުގައި އެދިއްޖެ އެވެ. އިސްތިއުނާފު މައްސަލައިގެ ދެ އަޑު އެހުމެއް ކުރިއަށް ގެންދިއުމަށް ފަހު ހައިކޯޓުގެ ގޮފިތަކެއް އުތުރާއި ދެކުނުގައި ކަނޑައަޅައި އެގޮފިތަކަށް ފަނޑިޔާރުން ކަނޑައެޅުމާ ގުޅުމުން ނާޒިމްގެ މައްސަލަ ބަލަމުން ދިޔަ ބެންޗު ވަނީ ރޫޅިފަ އެވެ. ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ނާޒިމްގެ އިސްތިއުނާފު މައްސަލަ އަވަސްކޮށްދިނުމަށް އެދި ހައިކޯޓުގައި ތަފާތު އެކި ފަހަރު މަތިން އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ. "ހައިކޯޓުން ވިދާޅުވަނީ އަވަސް ކުރުމަށް މަސައްކަތް ކުރަމުންނޭ ދަނީ، އެއްވެސް ކަހަލަ އެދެވޭ ޖަވާބެއް ނުލިބޭ، އަޅުގަނޑުމެއްނަށް އެބަ ހީވޭ ސިޔާސީ މައްސަލައަކަށް ވީމަ ފަނޑިޔާރުން މައްސަލައާ ހަވާލުން ވާން ޖެހިލުން ވަނީ ކަމަށް،" ހުސްނުއް ސުއޫދު ވިދާޅުވި އެވެ. ސުޕުރީމު ކޯޓުގެ މައްސަލަ ހުށަހަޅާ ފޯމުން މިއަދު ހުށަހެޅި މައްސަލައިގައި ނާޒިމްގެ ވަކީލުން ވަނީ ގިނަ ނުކުތާތަކެއް ފާހަގަ ކޮށްފަ އެވެ. އެގޮތުން ބަލަން ފަށާފައި އޮތް މައްސަލައެއް ވަކި މުއްދަތެއް ނެތި ހުއްޓިފައި އޮތުމަކީ ގާނޫނު އަސާސީގެ 51 އަދި 53 ވަނަ މާއްދާއާ ހިލާފުކަމެއް ކަމަށް ސުއޫދު ވިދާލުވި އެވެ. ހުށަހެޅި މައްސަލައިގައި ފާހަގަކުރި ނުކުތާތަށް ގާނޫނު އަސާސީގެ 51 އަދި 53 ވަނަ މާއްދާއާއި ހިލާފަށް މައްސަލަ ލަސްވަމުން ދިއުން ސުޕުރީމު ކޯޓުން އަދުލު އިންސާފު ލިބުމުގައި ލަސްތަކެއް ނުވާނެ ކަމަށް އަދި ލަސްވުމަކީ ބޭއިންސާފެއް ކަމަށް އަންގާފައި ވުން އެއްމަސް ދުވަސް ތެރޭ މައްސަލަތަށް ނިންމުމަށް ސުޕުރީމު ކޯޓުން ކޯޓުތަކަށް އެންގުން ނާޒިމްގެ ގާނޫނީ ޓީމުން މައްސަލަ އަވަސްކޮށްދިނުމުގެ އަމުރަކަށް އެދި ސުޕްރީމްކޯޓަށް މިއަދު ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ. ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ