ޑރ. ހަސަންގެ ނަމުގައި ބަޔަކު އޮޅުވާލައިގެން އޭސީސީ އަށް ސިޓީ ފޮނުވާފައިވާ މައްސަލައެއް އެ ޕާޓީން ބަލަން ފަށައިފި

ދިވެހި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދުގެ ނަމުގައި ސޮއިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބަޔަކު ސިޓީ ފޮނުވާފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީގެ ކައުންސިލް މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ޑރ. ހަސަންގެ ނަމުގައި ސޮއިކޮށް ޕާޓީގެ ލެޓަހެޑް ގޮތަށް ހަދާފައިވާ ކަރުދާހެއްގައި ލިޔެފައިވާ ސިޓީއެއް އޭސީސީ އަށް ފޮނުވި ކަމުގެ މައުލޫމާތު ލިބިގެން އެ ސިޓީގެ ކޮޕީއެއް ހޯދުމަށް އޭސީސީ އަށް އަންގާފައިވާ ކަމަށެވެ.
"އެ ސިޓީގައި ބިސްމިއެއް ވެސް ނަންބަރެއް ވެސް ނެތް ކަމަށް ވަނީ. އެކަމަކު ޕާޓީގެ ލޯގޯ އިން ކަމަށްވޭ. ހަސަންގެ ނަމުގައި ސޮއިކޮށްފައި އޮތްއިރު އެއީ ހަސަންގެ ސޮއިކަމެއް ވެސް ޔަގީނެއް ނޫން. އެކަން ކުރި މީހަކަށް ނޭނގެނީ ކަންނޭނގެ، މި ޕާޓީން ހުށަހަޅާ އެއްވެސް ކަމެއް ޑރ. ހަސަންގެ ނަމުގައި ހުށަނާޅާކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކަމާ ބެހޭ މައުލޫމާތުތައް އޭސީސީން ލިބުނުހާ އަވަހަކަށް އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.
އެ ޕާޓީން މި މަހުގެ 23ގައި އޭސީސީ އަށް ފޮނުވި ސިޓީއެއްގައި ވަނީ، ޑރ. ހަސަންގެ ނަމުގައި ފޮނުވި ސިޓީގެ ކޮޕީއެއް ހޯދުމަށް އެދިފަ އެވެ. އަދި އެ ޕާޓީން އެންމެ ފަހުން އޭސީސީ އަށް މައްސަލައެއް ހުށަހަޅާފައިވާނީ ޑިސެމްބަރު ،19 2010ގައި ކަމަށާއި އޭގެ ފަހުން އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާނެ ކަމަށް ވެސް ދިވެހި ގައުމީ ޕާޓީގެ ސިޓީގައި ބުނެފައިވެ އެވެ. ޑރ. ހަސަންގެ ނަމުގައި ހުށަހަޅާފައިވަނީ ކޮން މައްސަލަތަކެއް ކަމެއް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ