އެމްއެމްޕީއާރްސީން 'ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރ 2024' ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން, އެމްއެމްޕީއާރުސީން ‘ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރ’ ކޭއައިޓީ ގައި ދިވެހިރާއްޖެ އިޝްތިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިމަހުގެ 24 އިން 26 އަށް ކަޒަކިސްތާނުގެ އަލްމާޓީގައި ކުރިއަށްދާ މި ފެއަރ އަކީ، 2001 ވަނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ފެއަރއަކީ މި ސަރަޙައްދުގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ލިބިގެންދާ ޕްލެޓްފޯމެއް ކަމަށާއި އަދި މިއީ ކަޒަކިސްތާނުގައި މި ދާއިރާގެ އެންމެ ކުރީސަފުގައި ބާއްވާ އެއް ފެއަރއެވެ.
މި ފެއަރގައި އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީޕާޓްނަރުންގެ އަމާޒަކީ ކަޒަކިސްތާނާއި ސެންޓްރަލް އޭޝިއާ ސަރަޙައްދުގެ ގާބިލުކަން ހުރި އެޖެންޓުންނާއި ގަންނަ ފަރާތްތަކާ އެކު އަގުހުރި ގުޅުމެއް ޤާއިމުކޮށް، ރާއްޖޭގެ ތަފާތު ހުށަހެޅުންތައް އަމާޒުކުރެވިފައިވާ އޯޑިއަންސަކަށް ދައްކާލުމާައެކު ފެއަރގެ ތެރެއިން ދިވެހިރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، ދިވެހިރާއްޖޭގެ މަންޒިލުގެ ތަފާތު އުފެއްދުންތަކާއި ތަޖުރިބާތަކާއި ސެގްމަންޓްތަކަށް އަލިއަޅުވާލައި، ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނައުމަށް މަސައްކަތް ކުރުން ކަމަށް އެމްއެމްޕީއާރސީން ބުނެއެވެ.
ކޭއައިޓީ ފެއަރ 2024 ގެ ތެރެއިން- ފޮޓޯ/ އެމްއެންޕީއާރސީ
މީގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ މީހުން އިހުތިޔާރުކުރާ ނުވަތަ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް އޮތުން ހަރުދަނާކުރުންވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ. 
އެމްއެމްޕީއާރްސީން ބުނެފައިވާ ގޮތުން ކޭއައިޓީއެފް 2024 ގައި ދިވެހިރާއްޖޭގެ ސްޓޭންޑަކީ ސަނީ ސައިޑް އޮފް ލައިފްގެ އަސްލު ދައްކުވައިދޭ ސްޓޭންޑެކެވެ. އެގޮތުން ރޮމޭންޓިކް އެސްކޭޕްތަކުން ފެށިގެން ހިތްގައިމު ސީސްކޭޕްތަކާއި މުއްސަނދި ސަގާފީ ތަޖުރިބާތަށް ހޯދުމަށް ޒިޔާރަތްކުރާ ފަރާތްތައް ރާއްޖޭގެ އެކި އެކި އޮފަރތަކަށް ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރިކުރުމަށްޓަކައި ކޮންމެ ތަފްސީލެއް ފެއަރ ގެ ތެރެއިން ދެމުންދާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަޝިއާ އާއި ސީއައިއެސް ޓްރެވަލް ޓްރޭޑްގައި ބައިވެރިވެ، އެކި މަންޒިލާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދައި ޕާޓްނާޝިޕްގެ ފުރުސަތުތައް ދެނެގަނެވޭނެ ކަމަށާ އަދި އެކި ޗެނަލްތައް މެދުވެރިކޮށް ރާއްޖޭމައުލޫމާތު ހޯދޭނެ ކަމަށް އެމްއެމްޕީއާރސީން ބުނެއެވެ.
ކޭއައިޓީ ފެއަރ 2024 ގެ ތެރެއިން- ފޮޓޯ/ އެމްއެންޕީއާރސީ
16 އޭޕްރީލް 2024 ގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް 68،919 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ސީއައިއެސް ސަރަޙައްދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް މުހިންމު ސަރަޙައްދެކެވެ. އަދި ފާހަގަކޮށްލަންޖެހެނީ ރާއްޖެއަށް ދެވަނަ އަށް އެންމެ މަތީ ސޯސް މާކެޓުގެ މަގާމު 2024 ވަނަ އަހަރު ރަޝިޔާއިން މިހާތަނަށް ވަނީ ހިފަހަށްޓާފައެވެ.
އެމްއެމްޕީއާރުސީއިން ސީއައިއެސް މާކެޓުގައި ތަފާތު މާކެޓިން ހަރަކާތްތައް ހިންގައެވެ. މިއަހަރުގެ ކުރީކޮޅު މޮސްކޯ ޑައިވް ޝޯގައި ބައިވެރިވެ، ރާއްޖޭގެ އެކި މަންޒިލް އިޝްތިހާރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ