ޑިމޮކްރަޓިކް ނިޒާމެއްގެ އެންމެ މުހިންމު އަސާސަކީ މިނިވަން ފަނޑިޔާރުގެއެއް – މައުމޫން

ޑިމޮކްރަޓިކް ނިޒާމެއްގެ އެންމެ މުހިންމު އަސާސަކީ މިނިވަން މުސްތަގިއްލު ފަނޑިޔާރުގެއެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމް ހިންގުމުގެ ބާރުތައް ރައީސް މައުމޫންގެ އަތްޕުޅުން ނެގި ހިސާބުން ފެށިގެން ރައީސް މައުމޫން ދަނީ ޝަރުޢީ ދާއިރާ އަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.
ޑިމޮކްރަޓިކް ނިޒާމެއްގެ އެންމެ މުހިންމު އަސާސަކީ މިނިވަން ފަނޑިޔާރުގެއެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ފަނޑިޔާރުން އައްޔަންކޮށް ވަކިކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދެވީ ރައީސް މައުމޫނެވެ. އަދި ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަށް ރައީސް މައުމޫން ބަދަލު ގެންނަވާފައި ވެއެ
ރައީސް މައުމޫންގެ ގާތް ބޭފުޅުންނާއި ސަރުކާރުގެ މައްސަލަތައް އޭރު ވެސް ރައީސް މައުމޫން ބޭނުންފުޅުވާ ގޮތައް ނޫން ގޮތަކަށް ނުނިމޭ ކަމުގެ ޝަކުވާ އެތައް ރައްޔިތުންނެއް ދިޔައީ ކުރަމުންނެވެ. މީގެ އިތުރުން ސަރުކާރާއި ދެކޮޅަށް ކުދިކުދި ކަންކަން ކޮށްފައިވާ މީހުންނަށް ވެސް ބޮޑެތި ޙުކުމްތައް ރައީސް މައުމޫންގެ ވެރިކަމުގައި ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ